ފެނަށް ޖެހިދާނެތީ ކަމަށް ބުނެ އިންޑިއާ ޓެލެންގާނާ އަންހެނުންގެ ހާއްސަ ގުރުކުލް ސްކޫލްގެ 150 އަށްވުރެ ގިނަ ދަރިވަރުންގެ އިސްތަށިގަނޑު ބުރިކޮށްލައިފިއެވެ.

ޓެލެންގަނާ މެޑަލް ހޮސްޓެލްގައި ތިބޭ އަންހެން ކުދިންގެ އިސްތަށިގަނޑު ބުރިކޮށްލާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަަލްގެ އެދުމުގެ މަތިންނެވެ. މިދިޔަ އާދީއްތަ ދުވަހު މިކަން ހިނގިއިރު، މިކަން އާއްމުންގެ ސަމާލުކަމަށް އައީ މިިދިޔަ އަންގާރަ ދުވަހުއެވެ.

އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާގޮތުގައި، އެ ސްކޫލްގެ ޕްރިންސިޕަލް ކޭ އަރުނާ ވަނީ ބޯކޮށާ ދެ މީހުން ގެނެސް އެ ސްކޫލްގެ 155 އަށްވުރެ ގިނަ ކުދިންގެ އިސްތަށިގަނޑު ކުރުކޮށް ކޮށުވާފައެވެ. އަދި އޭނާ ވަނީ ކޮންމެ ކުއްޖަކު އެ ބޯކޮށާ މީހާއަށް 25 ރުޕީސް ދިނުމަށް މަޖުބޫރު ކުރުވާފައެވެ.

މިކަމާއި ހެދި އެ ސްކޫލްގެ ދަރިވަރުންގެ މައިންބަފައިން ދަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ. އެއީ ސަރުކާރުން ހިންގަމުން އަންނަ ސްކޫލެެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕްރިންސިޕަލް ކުދިންގެ އިސްތަށިގަނޑު ކޮށަން މަޖުބޫރު ކުރުވީ، އެ ކުދިންގެ އިސްތަށިގަނޑު ދިގުވުމުން އިސްތަށިގަނޑު ދޮންނައިރު، ގިނައިން ފެން ބޭނުންކުރާނެތީއެވެ.

އެހެން ނަމަވެސް ޕްރިންސިޕަލް ބުނީ، އެ ކުދިންގެ އިސްތަށިގަނޑު ކޮށީ ސްކޫލް ތެރޭގައި ބައްޔެއް ފެތުރެމުންދާތީ އެ ކުދިންގެ ހައިޖީންއަށް ވިސްނުމަށްފަހު ކަމަށެވެ. އަދި ފަހުން އޭނާ ވަނީ އެ ނިންމުން ނިންމީ އެ ހޮސްޓެލް ފެނަށް ޖެހިދާނެކަމަށްވެސް ބެލުމަށްފަހު ކަމަށް ބުނެފައެވެ.

މިކަމާއި ހެދި އެ ޕްރިންސިޕަލްއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭ

    ގެރީގެ ކުޑަކަމުދާތަކެތި ފެނުގެ ބަދަލުގާ ބޭނުންކުރެވިދާނެ.ގެރި މޯދީގެރަށްވިއްޔާ

    16