އެންމެ ކުޑައިރުން ފެށިގެން އުފަން ދުވަސް ފާހަގަކުރަމުން ދެއެވެ. މި ދުވަސް ފާހަގަކުރުމަށް އެންމެ ކުޑައިރުން ބޮޑު ޕާޓީ އެއްޗެސް ބޭއްވިއެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގައި ކޭކެ ފަޅައެވެ.

މިހާރުވެސް ކޭކެ ފަޅައެވެ. އާއިލާގެ ފަރާތުންނާއި، ރަހުމަތްތެރިންގެ ފަރާތުން މިކަން ކުރަނީ ރޭގަނޑު 12:00 ޖެހުމާއި އެކުގައެވެ. ކޮންމެ އަހަރެއްގައި މިކަން ކުރިއަށްދާތީ މިއީ އާ ކަމަަކަށް ނުވެއެވެ. ސަޕްރައިޒްއެެއްވެސް ނުވެއެވެ.

ކޭކު ފުޅުމަކީ އުފަން ދުވަހުގައި ކުރަން އެންމެ އާއްމު ކަންތައްކަމަށްވާއިރު، މިހާރު ކޭކު ފެޅުމުގެ ބަދަލުގައި މޫނަށް ކޭކު ޖެހުމަކީ އުފަން ދުވަސް ފާހަގަ ކުރާ އާ ގޮތެވެ. އަދި އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބަނދެފައި ގަޔަށް ކުލަ ޖެހުމާއި، ފުށް ޖެހުމާއި، ބިސް ޖެހުމަކީ މިހާރު އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ.

ރަހުމަތްތެރިއެއްގެ އުފަން ދުވަހު އޭނާގެ ގަޔަށް ކުނި ބިސް ޖެހުމަށް ބިސް ހޯދަން ދާ ހަނދާންވެސް ވެއެވެ. އެކި ފިހާރަތަކަށް ގޮސް ކުނި ބިސް ހޯދައެވެ. އަދި ފުށް ހޯދައިގެން ފުށުމުގެ ތެރެއަށް އެކި އެއްޗެހި އަޅައެވެ. އަދި އުފަން ދުވަސް ފާހަގަކުރާ ރަހުމަތްތެރިޔާ ގެނެސް އޭނާ ބަނދެފައި އޭނާގެ ގަޔަށް ބިހާއި ފުށް ޖަހައެވެ.

އަދި ހުރިހާ ރައްޓެހިން އެކުގައި އޭނާ މޫދަށް ލައެވެ. މިއީ މިހާރު އުފަން ދުވަސް އެންމެ ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ގޮތެވެ. ޔަގީނުންވެސް މިކަންކަން ހަނދާނުން ނުފިލާނެއެވެ.

މިގޮތަށް ކިތައް އުފަން ދުވަސް ފާހަަަގަކޮށްފި ހެއްޔެވެ؟. ގަޔަށް ކިތައް ބިސް ޖެހި ހެއްޔެވެ؟. ޔަގީނުންވެސް ގަޔަށް ބިސް ޖެހި ވަރު ހަނދާން ނުހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާބިދާ

    އަދި ނުޖަހާ އެއްމެ ބިހެއްވެސް

    13
    1