ހައްޖުގެ މަތިވެރި އަޅުކަމަށް ފަހުގައި އަހަރެމެން ހުރިހާ މުސްލިމުންވެސް ކުރިމަތިލަނީ އަޟްހާ އީދާ އެވެ. ހައްޖުގެ އަޅުކަން އަދާ ކުރުމަށް މާތް ވެގެންވާ މައްކާގެ ފަސް ގަނޑަށް އެތައް މިލިއަން މުސްލިމުންނެއް ކޮންމެ އަހަރަކުވެސް ދަތުރު ކުރާއިރު، މި އަހަރުގެ ހައްޖުގެ ތެރެއިންވެސް ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ ފަދަ އެތައް މަންޒަރެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް، މި ކުޑަ ފިރިހެން ކުއްޖާ ތަކްބީރު ކީ އަޑު އެހިން ހެއްޔެވެ؟

ޖަމްރާ އަށް ހިލަ އުކުމަށް ދިޔަ މަގުމަތީގައި މި ފިރިހެން ކުއްޖާ ވަނީ އޭނާގެ ބައްޕަގެ ކޮނޑު މަތީގައި އިނދެ މެގަފޯން އަކުން ތަކްބީރް ތައް ކިޔައިފައެވެ. އަދި އެ ކުއްޖާގެ ފަހަތުން އެއި އެތައް ސަތޭކަ ބަޔަކު އޭނާގެ އަޑު ދަށުން ތަކްބީރުތައް ކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. ބަލާ ބެލުމަށް އެ ކުއްޖާ އަށް އަދި ވާނީ އެންމެ 4 ނޫނީ 5 އަހަރެވެ.

މިއީ މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއުން ފެނުނު އެންމެ ހިތްގައިމު އެއް މަންޒަރު ކަމުގައި ގިނަ ބަޔަކު މިހާރު ގަބޫލު ކުރާއިރު، މި ކުއްޖާ ތަކްބީރު ކިޔާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަންނަނީ މީސް މީޑިއާގައި ހަލުވި ކަމާއި އެކު ފެތުރެމުންނެވެ.

ޖުމްލަ 2 މިލިއަނަށް ވުރެން ގިނަ ހައްޖާޖީން މި އަހަރު އަޅުކަމުގައި ބައިވެރި ވެފައި ވާއިރު އެންމެ ގިނައިން ހައްޖާޖީން ބައިވެރި ވެފައި ވަނީ ސައުދީ އަރަބިއްޔާ އިންނެވެ. އެއީ 600،108 މީހުންނެވެ. ދެން އެންމެ ގިނަ އަދަދަކަށް ބައިވެރިވި އިންޑޮނޭޝިއާ އިން 221،000 މީހުން ދިޔަ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސޮނިފުހޭއިސްކިން ޓޯޓޯ

  އިސް ލާމީ ތަޢުލީމު ދޭށެވެ

  34
  • ސަނާ

   މީކީ މިކަން ކުރަން އޮންނަ ގޮތެއް ނޫން ކަމަށް ވަނީ އެކަކު ނަގާކީމަ އަޑު ދަށުން އެހެން މީހުން ކިޔުމަކީ އިންޑޮނޭޝިއާ ، އިންޑިއާ މީހުން ޠަވާފުކުރާއިރުވެސް އެފަދަ ގޮތަކަށް ދުޢާތައް ވެސް ކުރަމުން ދަނީ އެކަކު ނަގާ ކިޔާނީ އަޑު ދަށުން ދެން ތިބި މީހުން ކިޔަމުން ދަނީ އަޑުގެ ނެތް ތަނަކަށް ހަޅޭއްލްވަމުން ދުޢާ ކުރަން ވެސް އަންގަވާފަ އޮންނަނީ ހަމަހިމޭން ކަމާ މަޑުމައިތިރި ކަމާއެކު

   6
   5
   • މޭރީޔާ

    މީ ހަމަތަކްބީރު ކިޔަންއޮނަގޮތް

    3
    2
   • މޫސަ

    އަޑުގެ ނެއްތަނަށް ލަވަކިޔުމަށްވުރެ މާ ރަނގަޅުވާނެ.

    13
    1
 2. ޖަންނަ

  ސުބުހާނަﷲ .. ޔާﷲ އެމާތް ބިމަށް ދެވުމުގެ ނަސީބު އަޅަމެންް އެންމެނަށް ދެއްވާން ދޭވެ.

  67
  • ސަނާ

   ޜަގަޅު ތަލްބިޔާ އަޑުހަރުކޮށްކިޔަން އޮންނަނީ އެވެސް ފިރިހެނުން ފިރިހެ ނުންނެތްހަމައެކަނި އަންހެނުން ތިބި ތަނެއްގަނަމައަންހެ ނުން އަޑުހަރުކޮށް ކިޔިދާނެ ތަކްބީރު ވެސް ފިރިހެނުން ކިޔަން ޖެހެނީއަޑު ހަރުކޮށް އެކަމަކު އަންބާ ކިޔާއުސޫލަ ކުން ނޫން އެކަކު ނަގާކީމަ ފަހަތުން ދެންތިބި މީހުން ކިޔާގޮތަކަށް ނޫން މިރާއްޖޭގަވެސް ކުރިން ތަކްބީރު ކިޔައިއުޅުނީއެގޮތަށް

 3. ޖަންނަ

  މާޝާﷲ . ވަރަށް އުފާވެރި މަންޒަރެްް

  37
  1
 4. ޟ

  ﷲ އަކްބަރު ހާދ ފުރިހަމ

  33
 5. ޝޯލްޝަޔަރ

  ! މިއީ 2018 ވަނަ އަހަރުގެ ވީޑިއޯއެކެވެ.

 6. މުފީދު

  މިއީ މާކުރީގެ ވީޑިއޯއެއް. ޢަހަރެން މިދިޔަ އަހަރު ބެލިން ތި ވީޑިއޯ