މިއަހަރު މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އަދިވެސް އެންމެ ގިނަ މީހުން ގޫގްލް ކޮށްގެން ބަލަނީ ސަނީ ލިއޯން ކަމަށް ގޫގްލްގެ މައުލޫމާތު ތަކުން ދައްކައިފިއެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު މިހާތަނަށް ވެސް ލިސްޓްގެ އެއްވަނަ މަޝްހޫރު ފިލްމީ ތަރި ސަނީ ލިއޯން އެވެ. މިއަހަރުގެ އޮގަސްޓު މަހުގެ ލިސްޓުގައި ދެވަނަ އަށް އެންމެ ގިނަ މީހުން ހޯދީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެވެ.

2017 ވަނަ އަހަރު ވެސް "އިޔާ އިން ސާޗް ރިޒަލްޓްސް" ޝަރަފް ސަނީ އަށް ލިބުނު އިރު މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ޝާޗް ކުރީ ސަނީގެ ބައޯ ޕިކް "ކަރެންޖިތް ކޯރް" ދަ އަން ޓޯލްޑް ސްޓޯރީއާއި ބެހޭ ގޮތުންނެވެ.

މި ލިސްޓަކީ ދުނިޔޭގެ މީހުން އެންމެ ގިނައިން ސާޗު ކޮށްފައިވާ ކަންތައްތައް ދައްކުވައިދޭ ލިސްޓެކެވެ.

"2019 އިޔާ އިން ސާޗް ރިޒަލްޓްސް" އިންޑިއާ ލިސްޓްގައި ހިމެނޭ އެހެނިހެން ތަރިންގެ ތެރޭގައި ވިދްޔާ ވޮކްސް، ދިޝާ ޕަޓާނީ އަދި ސުނީލް ގްރޯވަރް އާއި ޝިލްޕާ ޝިންޑޭގެ އިތުރުން ބަންދަގީ ކާއިރާ އާއި ސަގާރިކާ ގަޓްގޭ އަދި ރާނާ ދައްގުބަތީ ވެސް ހިމެނެއެވެ.

އެންމެ ގިނަ މީހުން ގޫގްލް ކުރާ މީހުންގެ ލިސްޓްގެ ކުރީގައި ހިމެނުމުން ސަނީ ބުނީ އޭނާ މިމަގާމަށް ގެނެސްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްފައި ވަނީ އޭނާގެ ޓީމުން ކަމަށެވެ. އޭނާގެ ޓީމްގެ އިތުރުން އޭނާގެ ސަޕޯޓަރުންނަށް ސަނީ ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    އެހެންނު ވާނީ.. މި އަޝްވާގު މެންނަށް ދުވާލު 2 ފަހަރު ސާޗް ކުރާ އިރުވެސް ނޭނގޭ މީ ކާކު ކަމެއް

  2. ކާފަދ

    ކާފަވެސް އިއްޔެ ބަލާލިން ކޮބާތޯ

  3. ްައިބުރާ

    މަވެސް ކޮންމެ ރެއަކު އޭނަ ސާޗް ކުރަން....