އިންޑިއާގެ ކުރީގެ އެކްޓްރެސް ވިދްޔާ ސިންހާ މަރުވެއްޖެއެވެ.

އޭނާ މަރުވީ މުމްބާއި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. މިދިޔަ ހަފްތާ ތެރޭގައި ވިދްޔާ ވަރަށް ބޮޑަށް ބަލިވެގެން މުމްބާއި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ހޮސްޕިޓަަލަށް ގެންގޮސްފައި ވަނީ ނޭވާ ލުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނުމުންނެވެ.

އުމުރުން 71 އަހަރުގެ ވިދްޔާ ހިތާއި ފުއްޕާމޭގައި މައްސަލަތަކެއް ދިމާވެން އަހަރުތަކެއްވަންދެން ފަރުވާ ހޯދިއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދިން އިރު، އޭނާ މަރުވީ ކޮން އިރަކު ކަމެއް ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެ.

ވިދްޔާ އަކީ ކުރީގެ މަޝްހޫރު ފިލްތަކުން ޖާގަ ލިބުނު ތަރިއެކެވެ. އެގޮތުން ރަޖްނިގަންދާ، ޗޯޓީ ސި ބާތް ފަދަ ފިލްމްަތައް ހިިމެނެއެވެ. މީގެ އިތުރުން، އޭނާ ވަނީ 2011 ވަނަ އަހަރު ނެރުނު ސަލްމާން ޚާންގެ ބޮޑީ ގާޑް ފިލުމުންވެސް ފެނިގެން ގޮސްފައެވެ. އަދި އޭނާއަކީ މަޝްހޫރު ޓީވީ ޝޯވތަކުންވެސް ފެންނަ ތަރިއެކެެވެ.

ކިޔުންތެރިންގެ ހިޔާލު