ބޮލީވުޑްގެ އެންމެ ރީތި އަދި ފެޝަން މަންމަގެ ގޮތުގައި ފާހަގަވެގެންދާ ތަރިއަކީ ބަތަލާ ކަރީނާ ކަޕޫރެވެ. އޭނާއަށްފަހު މިހާރު އެ ކެޓަގަރީން ވާދަކުރަމުން ދަނީ ސަނީ ލިއޯންއެވެ. އޭނާގެ ފެޝަން ވާހަކަ މިހާރު ގިނަބަޔަކު ދައްކައެެވެ.

މިހާރު މީސް މީޑިއާގައި ވަކިހިއްޕާލާފައިވާ ސަނީއާއި އޭނާގެ ދަރިންގެ ފެޝަން ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ސަނީ ދަރިންނާއެކު ނަގާފައިވާ ފެޝަން ފޮޓޯތަކާއެކު، ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ، ކަރީނާއަށްފަހު ސަނީއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ހޮޓް މަންމަ ކަމަށެވެ.

އެގޮތުން ސަނީގެ އާއިލާއިން ނެގި އެއް ސްޓައިލަކަށް ހެދުން އަޅައިގެން ހުރި ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އެ ފޮޓޯއަށް ގިނަބަޔަކު ކޮމެންޓްވެސް ކުރިއެވެ.

މިހާރު ބޮލީވުޑްގައި އެންމެ ފެޝަން މަންމައިންގެ ތެރޭގައި ސަނީގެ ނަން ފާހަގަކޮށްފައިވާއިރު، ސަނީގެ ތިން ދަރިން ތިބެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކުއްޖާއަކީ ސަނީ އާއި އޭނާގެ ފިރިމީހާ ޑޭނަލް ވެބާ އެޑޮޕްޓް ކުރި ކުއްޖެކެވެ. 2017 ވަނަ އަހަރު ސަނީ އާއި އޭނާގެ ފިރިމީހާ އެޑޮޕްޓްކުރި އަންހެން ކުއްޖާއަށް ކިޔަނީ ނިޝާ ކޯރް ވެބާއެވެ.

އަދި އޭގެ ފަހުން ސަނީއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައެވެ. މި ފަހަރު ދެ ކުދިން ލިބުނީ ސަރޮގެސީ ހަދައިގެންނެވެ. މި ދެ ކުދިންނަށް ކިޔަނީ އަޝާ ސިންގް ވެބާ އާއި ނޯއާ ސިންގް ވެބާއެވެ.

އޭނާ ވަނީ އެ ދަރިން ދެކެ ވަރަށް ލޯބިވާކަމަށާއި، ދަރިންނަށްޓަކައި މަރުވާން ތައްޔާރަށް ހުރިކަމަށްވެސް ބުނެފައެވެ.

ކަރީނާއަކީ މިހާރު ބޮލީވުޑްގެ އެންމެ ހޮޓް އެއް މަންމައެެވެ. އޭނާއަކީ ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ ދަރިފުޅު ތައިމޫރްގެ މަންމައެވެ. ތައިމޫރް އާއި އޭނާގެ ފޮޓޯތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭނަޒަރު

    ތީނަގެ “ރީތިކަން” ވަނީ ދުނިޔެއިން ދެކެފަ... ލޮލް

    19
    1
  2. ތުނިޔަ

    ތިތާނެތް އޭނަ ބަނޑުއަޅާ ވިހޭ އެއްމެ ދަރިއެއްވެސް.

    24
    3