2003 ވަނަ އަހަރު ފެށިގެން ސިލްސިލާ ކޮށް ނެރެމުންދާ "ރޯންގް ޓާން" ފްރަންޗައިޒްގެ އެންމެ ފަހުގެ ފިލްމް "ރޯންގް ޓާން ރިބޫޓުގެ" ޝޫޓިންގ އަންނަ މަހު ފަށަން ތައްޔާރުވެއްޖެއެވެ.

"ރޯންގް ޓާން" ފްރަންޗައިޒްގެ ހުރިހާ ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބެމުން އަންނަ ފިލްމުތަކެކެވެ. ހާއްސަކޮށް ބިރުވެރި ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް މި ސީރީޒްގެ ފިލްމުތައް ކަމުދާނެއެވެ.

މި ސީރީޒްގެ އެންމެ ފަހުގެ ފިލްމް "ރޯންގް ޓާން" ރިބޫޓުގެ ޝޫޓިން އަންނަ މަހު 9 ގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ފިލްމު އުފަދައްދާނެ ކަން އިއުލާން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަސްތެރޭގައެވެ.

"ރޯންގް ޓާން ދަ ލާސްޓް ރިސޯޓް" އަކީ ހޮލީވުޑްގައި ބޮޑު ސަމާލުކަމެއް ހޯދައިފައިވާ ބިރުވެރި ފިލްމެކެވެ.

ބައެއް މީހުން ފިލްމް ބަލާފައި ބިރުން މަރުވެފައި ވެސް ވެއެވެ. މި ފިލްމު ބެލުމަށް ފަހު 42 އަހަރުގެ އެމެރިކާ ފިރިހެނަކު މަރުވެފައިވެއެވެ. އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

"ރޯންގް ޓާން" ރިބޫޓުގެ މައްސަކަތް ބާރު ސްޕީޑެއްގައި ނިމިއްޖެ ނަމަ އަންނަ އަހަރު ކުރީކޮޅު މި ފިލްމު ރިލީޒް ކުރާނެއެވެ. އަދި މި ފިލްމް އެހެން ހުރިހާ މި ޒާތުގެ ފިލްމުތަކަށް ވުރެން ތަފާތުވާނެ ކަމަށް ގިނަ ބަޔަކު ދަނީ އުންމީދު ކުރަމުންނެވެ.

މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާނީ “ބްލެކް ޕެންތާ” އިން ފެނިގެންދިޔަ ލުޕިތާ ނިއުންގޯ އާއި ވިންސްޓަން ޑޫކް ކަމަށް އަޑުފެތުރުފައިވެ އެވެ. މިފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޑޭވިޑް ލެޒްލީ ޖޯންސަންއެވެ. އަދި ޕްރޮޑިއުސް ކޮށްފައިވަނީ ޕީޓާ ސެފްރަން އަދި ޖޭމްސް ވަންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަލިފުޅު

    މިކަހަލަ ހަރާން ފިލްމުތަށް ބެލުމަށް ހިއްވަރު ދިނުމަކީ ރަގަޅުކަމެއް ގޮތުގައި ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިފިޅްމުތަށް ބަލައިގެން ދިވެހިދަރިން ދީނާދުރުވެ. ނުރުތައްދު ވާކަންވެސް ފާހަގަކުރަމެވެ.

  2. ސޮނިފުހޭއިސްކިން ޓޯޓޯ

    ބިރުވެރި ފިލުމު ބަލާކަށް ނުވާނެ

    3
    1