ދުނިޔޭގެ ހަތަރު ބިތުގެ ތަރައްޤީ ދިވެހިންގެ އަތުގެ ހިނގިލިތަކާއި ހަމައަށް އައިސް، ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ ގައުމުތަކުގެ މީހުންގެ އުޅުމާއި އަޙްލާޤު ދިވެހިންގެ ކަށީގައި ހިފަމުން ދިޔަ ނަމަވެސް ބަދަލުނުވާ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެއިން އެއްކަމަކީ ނުބެހޭ އެއްވެސް ކަމެއް ނެތިގެން އެހެން މީހުންގެ ޒާތީ ކަންތައްތަކާއި ބެހުމެވެ. އެހެން މީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން ޚިޔާލުފާޅުކުރުމެވެ. އެހެން މީހުންގެ ހަށިގަނޑު ހުންނަ ގޮތާއި، ލައިގެން ތިބޭ އެއްޗެއްސަށް ގޮތް ކިޔުމެވެ.

ކައިވެނި ނުކޮށް އުޅޭ މީހަކު ނަމަ ކައިވެނި ކުރަނީ ކޮންއިރަކުންތޯ އަހާނެއެވެ. ކައިވެނި ކޮށްގެން އުޅޭނަމަ ދަރިއަކު ހޯދަނީ ކޮންއިރަކުންތޯ އަހާނެއެވެ. ދަރިއަކު ހޯދާފައިވާނަމަ ދަރިން މާފަލައީ ނުވަތަ މާހިއްކީ ކީއްވެތޯ އަހާނެއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ކުދިން ހޯދާއި އަދަދާއި ބެހޭ ގޮތުން ވެސް ސުވާލުކޮށް އެކަމަށް ވެސް ފާޑުކިޔާނެއެވެ.

ފެންނަ ކޮންމެ މީހެއް ކައިރީ ހާދަ ފަލައޭ ނުވަތަ ހާދަ ހިއްކޭ އެހުން އެއީ ވެސް ބޮލަށް އުނދަގޫވާ ވާހަކައަކަށް އޮންނަނީ ވެފައެވެ. މީހަކު ފަލަ ވެއްޖެނަމަ ނުވަތަ ހިކިއްޖެނަމަ އޭނާ އަށް އެކަން އެނގޭނެއެވެ. އެކަމަށް ފިޔަވަޅެއް އަޅަން އޭނާ ބޭނުންނަމަ އޭނާ އެކަމަށް ފިޔަވަޅު އަޅާނެއެވެ. މަގުމަތިން ފެންމަ ކޮންމެ ފަހަރަކު އޭނައަށް އެހެން މީހުން އެކަން ހަނދާން ކޮށްދޭކަށް ނުޖެހެއެވެ.

އެހެން މީހެއްގެ ބޮލުގެ އިސްތަށިގަނޑު ހުންނަ ގޮތާއި، އެހެން މީހުން ލާހެދުން ހުންނަ ޑިޒައިނާއި، އެހެން މީހުން ދިރިއުޅުމަށް ކުރާ މަސައްކަތަކީ ތިމާ އާއި ބެހޭ ކަންތައްތަކެއް ނޫނެވެ.

މީހަކު ގޯސްކަމެއް ކުރާނަމަ އޭނާ އަށް ރަނގަޅު މަގު ދައްކައިދިނުމަކީ އާއިލާ މެންބަރުން، ގާތް އެކުވެރިން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އޭގެ މާނައަކީ ކިރިޔާ ދަންނަ މީހަކު ފެނުނަށް އޭނާގެ ކަންކަމަށް ފާޑުކިޔާ، އޭނާގެ ސިފަ އާއި ބެހޭ ގޮތުން ވާހަކަދެއްކުމުން އިމެއްނެތް މިނިވަންކަމެއް އެންމެނަށް ލިބިގެން ވުމެއް ނޫނެވެ.

ދިވެހިންގެ ބޭކާރު ސުވާލުތަކާއި ކުރިމަތިލާން ނުޖެހި އެއް ދުވަސް ނިންމާލެވޭ މީހަކު ވަރަށް މަދުވާނެއެވެ. ނަމަވެސް މިކަމާއި ބޮލަށް އުނދަގޫވެގެން މިވާހަކަ ދެއްކުން ވެސް މިއޮތީ ބޮލަށް އުނދަގޫވާ ޒާތުގެ ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  އިއީ ޒާތީވުމެއް ނޫން ، ރައްޓިހި ރަހުމަތްތެރިކަން

  13
  12
 2. ޙަމްނާ

  ދިވެހިން ތެރޭގައި ގިނައީ، މަސައްކަތެއް ނުކޮށް ފިރިން ދިނީމަ ކައިގެން އުޅޭ އަނބިން، އެމީހުންގެ ކަމަކީ އެހެން މީހުންގެ މަސްކެއުން. ފޫހިފިލުވަން އެގޮތް ރަނގަޅެއްނު.

  25
  46
  • -_-

   އަނބިން ކޮންމެހެން ނުޖެހޭނެ މަސައްކަތް ކޮށް އާއިލާއަށް ހަރަދުކުރާކަށް އެކަންކުރަން ވާޖިބް ކުރައްވާފައި ވަނީ ފިރިންނަށް. ނަމަވެސް އަންހެނުން ބޭނުން ނަމަ މަސައްކަތްވެސް ކުރެވޭނެ އާއިލާއަށް ހަރަދުވެސް ކުރެވޭނެ.

   38
   2
  • meegenekaku

   Thee eygetherey himeney meehakaa haada vahtharey .

   8
   1
  • ގަލަން

   މަސައްކަތް ކުރާ މީހިންހެ ހާލަކީވެސް ތީ

   އާއިލާއަށް ޚަރަދު ކުރަން މަސައްކަތް ކުރަނއ ޖެހެނީ ފިރިމީހާ. ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް ވަމީ އަންބިންނަށް. އެކަން ނުކޮށް ވަޒީފާ ހޯދަން އުޅޭތީ މި މުޖުތަމަޢު މި ހަލާކުވަނީ

   14
   1
 3. ޓޓ

  ދިވެހި އަންހެނުންނަށް ވުރެން އަނގަފުޅާ ބަޔަކު ނުތިބޭނެ މިދުނިޔެއަކު.

  42
  6
 4. ެޑަކައިތު

  އަސްލުވެސް. ނުބެހޭ ކަމެއްނޯންނެ. މަށާދިމާލަށް ވެސް 9 އަހަރުކޮށްފަ ރަށަށް އައިތަނާ ބުނީ ކީކުރަންހޯ ބޭކާރު ދުވަސްތައް ހޭދަކުރީ. މީހަކާ ނުއިދެ ކުއްޖަކު ނުހޯދާ. މުސްކުޅިވީ ނޯންހޯ. އެކަމު އެމީހާ ގެއަށް މަ ދުވަހަކުވެސް ނުވަންނަން. ކުރިން އިސްވެ ވާހަކަ ވެސް ނުދައްކަން. އެމީހާއާ ކޮން ބެހޭކަމެއް. އަސްލު.

  41
  1
 5. ހަންޓޯޓޯ

  އެއީ ދައްކާނެ ވާހަކައެއް ނެތީމަ ކޮންމެސް އެއްޗެކޭ ކިޔަން އުޅޭ މީހުން. ރަށްފުށު ވެރިން ވ. ވަރުހުންނަ ކަމެއް ތިޔަކަމަކީ.

  33
  5
 6. މުޙައްމަދު

  ލިޔާނެ އެއްޗެއް ނޭނގެންޏާ ނުލިޔެތިބެންވީނު. މިލިޔުމުގައި ހުރި ގިނަ ކަންކަމަކީ ޒާތީ ވާހަކަ ތަކެއްނޫން. އިސްލާމީ އުސޫލުތަކާ ޚިލާފު ކަންތައްތަކެއް އެ ޢަމަލުތަކަކީ މުޖުތަމަޢު ކަންބޮޑުވާ ކަންކަން.

  20
  19
 7. Anonymous

  ދަށުދަރަޖައިގެ ކަންކަން ކުރީމަ އެެއްޗެއްބުނުމަކީ މައްސަލައެއްނޫން. މިސާލަކަށް ނިޔަފަތި ނުކަނޑާ ހުރީމަ.. ބޯ ދިގުކުރީމަ

  38
  5
 8. ލލ

  ކިހިނެއްހުއްޓުވާނީ ގިނައީ އެހެންމިީހުންގެ ޒާތީ ކަންތަކާ ބެހެމުންދުވާމިީހުން...ކިޔާނެ ހާދަފަލައޭ..ކުއްޖަކު ހޯދާކައްނުވޭހޭ..ލާހެދުމަށް ފާޑުކިޔާނެ....އަރާބޫޓައްފާޑުކިޔާނެ...

  24
  1
 9. ސާބަހޭ

  ބައެއް ބޭކާރު ވާހަކަތައް ހުއްޓެއް ކަމަކު ތިތާނގައި ގިނައިން ހުރީ ބޭކާރު ވާހަކަތަކެއް ނޫން. ރައްޓެހިންނާއި ރަޙްމަތްތެރިން ބައްދަލުވީމާ އަހަންޖެހޭ ކުރަންޖެހޭ ސުވާލުތަކެއް. އޭރުން އެނގޭނީ އަނެކާގެ ހާލުއަހްވާލު. މިހާރަކަށް އައިސް ބައެއް މީހުންނަށް ތިޔަ ވާހަކަތައް ދައްކަން ނުކެރިގެން މިއުޅެނީ ތިމަތިމާމެންނަށް އުޅެވޭގޮތަކުން. އެހެންވެ ބޭކާރު ވާހަކަތަކަކަށް ހަދައިގެން ތިޔަ އުޅެނީ.

  21
  6
 10. ދިވެހި މީހާ

  ދިވެހިން ބެހޭ ގިނަ ކަންކަމަކީ އޭގައި ހިކުމަތެއް އޮވެފެން ބެހޭ ކަންކަން. ދިވެހިންގެ ގަބޫލުކުރުންތަކާ ފުށުއަރާ ކަންތައްތައް. ޢެހެންވީމާ އެކަންކަމެއް ނުހުއްޓުވޭނެ. ލިސްޓަށް ބަލައިލިނަމަވެސް މިކަން ހާމަވާނެ.

  18
  2
 11. މަރިޔަމް އައްޑޫ

  ފިރިހެނަކު ފިރިހެނަކާ އިނީމަ އެވާހަކަ ދައްކަންފެށީމަ ރުަޅިގަދަވީ ދޯ.............

  10
  5
 12. Anonymous

  ދިވހިންގެ ލައިފް މާފަސޭހަވެފަ ހުސްވަގުތު ގިނަވީމަ ވާގޮތް

  11
 13. އ. ޖ. އ

  ތިޔަކީ އަދި ބޭކާރު ވާހަކައެއް ނޫން... ރަނގަޅަކަށް އެއްޗެއް އަހާލާ ގޯސް ކަންކަން ފާހަގަ ކޮށް ރަނގަޅު ކަންކަމަށް ނަސޭހަތް ދިނުމަކީ ބޭކާރު ވާހަކައަށް ވަންޏާ ކަންކަން އިސްލާހު ނުކުރެވޭނެ

  13
 14. ސަހަރޯ

  މިވަރުގެ ތެދު ފުރިހަމަ ލިޔުމެއް އަދި ނޫހަކުން ނުކިޔަން އަގަނޑައް ވަރައް ގިނައިން ދިމަވޭ ތިގޮތައް

  5
  8
 15. ބަކުރު

  ތިޔަ ގޮތަށް ދިވެހިންދައްކާ ބޭކާރު ވާހަކަތައް ހުއްޓުވޭނެ ގޮތެއް ނެއްތަ؟ ކިޔާފަ ޖެހުންވެސް ތީ ހަމަ ބޭކާރު ކަމެއް.

  6
  2