އެމެރިކާގެ ޓެންނެންސީގައި 1986 ވަނަ އަހަރު އަންހެނަކާއި އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު ރަހީނުކޮށް އެދެމައިންނަށް ވަޅިން ހަމަލާދީ ދެމައިން މަރާލި މައްސަލަ ސާވިތުވެފައިވާ ސްޓީވަން ވެސްޓްގެ ގައިގަ ކަރަންޓް ޖައްސައިގެން އޭނާ އަށް މަރުގެ އަދަބު ދީފިއެވެ.
އެމެރިކާގެ ޓެންނެންސީގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަން އިން ބުނީ ޓެންނެންސީގެ ގަޑިން ރޭ 19:27 ގައި ވެސްޓް އަށް މަރުގެ އަދަބު ދީފައިވާ ކަމަށެވެ.
ކަރަންޓް ޖައްސައިގެން މަރުގެ އަދަބު ދިނުމަކީ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ.
ވެސްޓް އަށް މަރުގެ އަދަބު ދީފައި ވަނީ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުންނަ ޖަލެއް ކަމަށްވާ ރިވާބެންޑް މެކްސިމަމް ސެކިއުރިޓީ އިންސްޓިއުޓްގައެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ވެސްޓް އަށް ވެސް މަރުވުމުގެ ކުރިން ކާން ބޭނުން އެއްޗެއް ކެއުމުގެ ފުރުސަތު ދިން ކަމަށެވެ. އޭނާ ބޭނުންވީ މަރުވުމުގެ ކުރިން އެންމެ ފަހުގެ ކެއުމަކަށް ޗީސްސްޓޭކް އަކާއި ފްރެންޗް ފްރައިސް ކާށެވެ. ކަރެކްޝަން އިން ވަނީ އޭނާ އަށް އެތަކެތި ފޯރުކޮށްދީފައެވެ. އޭނާ އަށް މަރުގެ އަދަބު ދިނީ އެތަކެތި ކެއުމުންނެވެ.
ފާއިތުވި އެއްއަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި ޓެންނެންސީގައި ވެސް ހަތަރު މީހަކަށް ވަނީ މަރުގެ އަދަބު ދީފައެވެ. އޭގެ ތެރެއިން ދެމީހުންނަށް މަރުގެ އަދަބު ދިނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. އަނެއް ދެމީހުންނަށް މަރުގެ އަދަބު ދިނީ ކަރަންޓް ޖައްސައިގެންނެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ކަރަންޓް ޖައްސަައިގެން މަރާލުމަކީ ބޭސް ދީގެން މަރާލުމަށް ވުރެ، ތަދު ކުޑަވާ ކަމެކެވެ.
މަރުގެ އަދަބު ދިނުމާ ދެކޮޅު ހަދާމީހުން ކޮބާ؟ ތުންފިއްތާގެންދޯ ތިތިބީ. އެމެރިކާ ވީމަ.
ދައްޖާލުގެ ޒަމާން ގާތް ވެއްޖެ. ފެންނަތަން ނުފެންނަ ކަމަށް ހަދާނެ
ދުނިޔޭގެ އެންމެ ބޮޑު ހިއުމަންރައިޓްސް އޮންނަކަމަށް ބުނާ އެމެރިކާގަވެސް މަރަށް މަރުގެ އަދަބުދޭއިރު ރާއްޖެ އިސްލާމީ ގައުމަކަށްވީއު އެކަމަށް ނުކުޅެދިފަ؟ ރާއްޖެއިން އިންސާފުގެތިލަފަތުގަ ބުރަވަނީ ކުށްވެރިޔާ ކޮޅަށް.
ކޮބާ ޑރ. ޝަހީދު؟
ދެން ރާއްޖޭގައި މަރަށް ޙުކުމްކުރީމަ އެމެރިކާ އެކަމާ ދެކޮޅުހަދާ. އަދި މިގައުމުގެ މަތީ ފަނޑީގައިތިބޭ މީހުންނަކަށް ނުކުރޭ މިވާކަ ބުނެދޭކަށް. ފައިސާ ލިބެންޏާ އޯކޭ މިގައުމުގެ ވެރިންނަށް. ނަޝީދުކީކޭބާ ބުނަނީ.
ހެެހެހެ ކާނެވަރަކައްކައިގެން ކޮންމޮޅެއްވަނީ