ފިސާރި ކަނބަލުންގެ ވާހަކައަކީ މިހާރު ގަދަ އަޑެކެވެ. އެފަރާތްތަކުގެ ފިސާރި ކުޅަދާނަކަމުގެ ވާހަކަ ދަނީ އެތައް ގޮތަކުން ދެކެވެމުންނެވެ. ކުޅަދާނައީ ހަމައެކަނި، ގޭގެ މަސައްކަތަކަށް ވެސް ނުމެނޫންމެއެވެ. އެކަން މިކަމުން ހަމަ ވަރަށް ރަނގަށް އެނގެއެވެ.

އަވަށްޓެރި އިންޑިޔާގެ ހަރިޔާނާ ސްޓޭޓުގައި، ދާދިފަހުންވަނީ އަންހެނަކު، ފަސް ފިރިހެނުންނާ ކުރިމަތިލާ އެމީހުންގެ މައްޗަށް ކުރި ހޯދާފައެވެ. އެކި އާލާތްތަކާއެކު މި އަންހެން މީހާގެ ފިރިމީހާއަށް އަނިޔާކުރަމުންދިޔަ ފަސް ފިރިހެނުންނާ ކުރިމަތިލާ، ފިރިމީހާ ސަލާމަތްކުރީ މި އަންހެން މީހާއެވެ.

އެޤައުމުގެ މަޝްހޫރު ނޫހެއްކަމުގައިވާ "އޭޝިޔަން ނިއުސް އިންޓަނޭޝަނަލް" އިން މި އަންހެން މީހާގެ ކުޅަދާނަކަން ފެންނަ ވީޑިޔޯއެއްވެސް އާއްމުކޮށްފައިވެއެވެ.

ނޫސްތަކުން ބުނާގޮތުގައި މި އަންހެން މީހާ، ފިރިހެނުންނާ ކުރިމަތިލާ، އެމީހުން ފައްސާލާފައިވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެހެންނަމަވެސް، ފަސް މީހުން، އަންހެން މީހާގެ ފިރިމީހާއާ ކުރިމަތިލާ، އަނިޔާކުރީ ކީއްވެގެންކަމެއް ސާފުވެފައެއް ނުވެއެވެ.

ކޮންމެއަކަސް މިއީ ހަމަ ފިސާރި ކަނބަލަކެވެ. މަތީ މަޤާމަކާ ވަރުގަދަ ވަޒީފާއެއް އަދާނުކުރިޔަސް ހަމަ ފިސާރި ކަނބަލަކެވެ.

ފިރިހެނުންގެ ފަރާތުން ތަފާތު ފުރައްސާރަތަކާއި އަނިޔާތައް އަންހެނުންނަށް ކުރިމަތިވުމަކީ އިންޑިއާގައި އާއްމުކަމެކެވެ. އިންޑިއާގައި އަންހެނުންނަށް އަމިއްލަ އަށް މިފަދަ ކަންކަމާއި ކުރިމަތިލުމަށް މިހާރު ސެލްފް ޑިފެންސް ކްލާސްތައް ވެސް ބައެއް ފަރާތްތަކުން ހިންގައެވެ.

ނަމަވެސް މިފަހަރު ބަޔަކާއި ކުރިމަތިލާ އެމީހުންގެ މައްޗަށް ކުރި ހޯދާފައި ވަނީ މިފަދަ ތަމްރީނެއް ފުރިހަމަ ކޮށްފައި ހުރި އަންހެނެއް ކަމެއް އަދި މީޑިއާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ

    ?

    6
    1
  2. މަމިޔޮކާކަ

    ޢިންޑިއާމީހަކު ބޯހަލުވާލިއަސް ކަލޭމެން މޮޔާވަނީތަ.

    10
    3
    • އާދަނު

      ބޯހަލުވާލުމެއް ނޫން ދޯ އެއީ؟ އަންހެނެއް ވީމަ ކަލެއައް ހަޖަމް ނުވަނީ ދޯ؟