އެމެރިކާގެ މިނެސޯޓާއަށް އުފަންވި އުމުރުން އެންމެ 18 މަހުގެ އައިވީ އެންގާމެން އަކީ އާދަޔާޙިލާފް ސިއްހީ މައްސަލައެއް ހުންނަ ތުއްތު ކުއްޖެކެވެ. އައިވީގެ ހުންނަ ސިއްހީ މައްސަލައެއްގެ ސަބަބުން އޭނާ ފެނަށް އެލާޖިކްވެއެވެ.

ތުއްތު ތުއްތު އައިވީ ފެންވެރިޔަސް، ރުޔަސް އަދި ފެނާއި ގުޅުން ހުރި އެހެން ކަމެއް ކުރިޔަސް އޭނާގެ މުޅި ހަށިގަނޑުން 15 ސިކުންތު ތެރޭގައި އާދަޔާޙިލާފް ތަދެއް ކުރިމަތިކުރުވާ ބިހިތަކެއް ނަގާކަމަށް އޭނާގެ މަންމަ ބްރިޓްނީ ވަނީ ކިޔައިދީފައެވެ.

ސިއްހީގޮތުން މި މައްސަލައަށް ދެވިފައި އޮންނަ ނަމަކީ އެކުއެޖީނިކް އާރޓިކާރިއާއެވެ. މި މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް ފެނުގެ ސަބަބުން މިފަދަ ބިހިތަކެއް ނެގުމަށް މެދުވެރިކުރުވާއިރު މި ސިއްހީ މައްސަލަ ކުރިމަތިވެފައިވަނީ ދުނިޔެއިން އެންމެ 50 މީހުންނަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިވީ އަކީ މި މައްސަލަ ކުރިމަތިވި އުމުރުން އެންމެ ހަގު ކުއްޖާއެވެ.

މި މައްސަލައިގެ ސަބަބުން އައިވީ ރޯން ފެށިޔަސް ނުވަތަ ދާ ހިއްލިއަސް އޭނާއަށް މި މައްސަލަ ކުރިމަތިވެއެވެ. އައިވީގެ މަންމަ ބްރިޓްނީ ދަނީ މިހާރު އައިވީ ދެރަވުމުން ނުވަތަ ރުޅި އައުމުންވެސް ނުރޯން ދަސްކޮށްދެމުންނެވެ.

އެކަމަކު ބްރިޓްނީ ބުނާގޮތުގައި އޭނާ އެންމެ ކަންބޮޑު ވަނީ އޭނާގެ ދަރިފުޅުގެ ސިއްހީ މައްސަލައިގެ ސަބަބުން ސްކޫލުގައި އެހެން ކުދިން އޭނާ ބުލީ ކޮށްފާނެތީއެވެ. އަދި އައިވީއަށް ޅަ އުމުރުގެ އުފާތައް ގެއްލިގެން ހިނގައިދާނެތީއެވެ. ބްރިޓްނީ ވަނީ އައިވީގެ ސިއްހީ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އޭނާ އެއްވެސް ގޮތަކަށް ފެނާއި ކައިރިނުކޮށް ގެންގުޅުންކަމަށް ނިންމައި އެގޮތަށް އަމަލުކުރަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއީ

    ކިހިނެއް ފެންބޮނީ. ފެންނުދީތަ ގެންގުޅެނީ؟

  2. ވަހީދު

    ސްކޫލަށް ނުފުނުވާވެސް ކިޔަވައި ދެވިދާނެ.

    1
    1