އުމުރުން ދޮށީ އަންހެނުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެނުން ވަރަށް ވެސް ގިނައެވެ. އެހެން ނަމަވެސް މިހެން ވާން ޖެހެނީ ކީއްވެކަން އެގެނީ އަހަރެމެންގެ ތެރެއިން ކިތައްމީހުންނަށް ބާވައެވެ.

ހަގީގަތަށް ބުނަނީނަމަ ގިނަ ފިރިހެނުން ބޭނުންވަނީ ވެސް ދޮށީ އަންހެނުންނެވެ. ކިޔަވާ ދޭން އަންނަ ޓީޗަރުންނާއި އެނޫންވެސް އެހެން ދޮށީ އަންހެނުންނަށް ހިތްކިޔައި، ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރާ ހިސާބަށްވެސް ކަންތަށް ދެއެވެ.

މިހެން ވާން މެދުވެރިވަނީ ދޮށީ އަންހެނުންގެ ތަޖުރިބާއިންނެވެ. ޒުވާން ފިރިހެނުން މިފަދަ އަންހެނުންނަށް ޝައުގުވެރިވަނީ އެމީހުންގެ މިޒާޖުންނާއި ހިތް ހެޔޮކަމުންނެވެ. އެހެނީ، ޒުވާން އަންހެނުން ކެތް މަދުވެފައި، ރުޅި އަންނަވަރު އަވަސްވެފައި ތަޖުރިބާވެސް ނެތުމުން ފިރިހެނުން ޒުވާން އަންހެނުންނަށް މާބޮޑަށް ޝައުގުވެރިއެއް ނުވެއެވެ.

މީގެ އިތުރުން އުމުރުން ދޮށީ އަންހެނުން ޒުވާން ފިރިހެނުންނަށް އަޅާލާ މިންވަރު އިތުރުވެފައި، އެމީހުންގެ ތަޖުރިބާގެ އަލީގައި ކުރަންވީ ކަންތައްތަކާ ނުކުރަންވީ ކަންތައްތަށް ރަނގަޅު ގޮތުގައި މައްސަލައެއް ނުޖެހޭނެ ފަދަ ގޮތަކަށް ކިޔައި ދިނުމުން ފިރިހެނުން އެފަދަ އަންހެނުންނަށް ކުރާ އިތުބާރު ބޮޑުވެ، އެމީހުންގެ ހިތުން އެ އަންހެނުންނަށް ހާއްސަ ޖާގައެއް ދެވެން ފަށައެވެ.

ގިނަ އަންހެނުންނަށް ނޭނގުނު ނަމަވެސް، ކޮންމެ ފިރިހެނަކު ވެސް ވަރަށް ބޮޑަށް ގަޔާވާ އުމުރުން ދޮށީ އަންހެނަކު ހުންނާނެއެވެ. ނަމަވެސް، އެހެން ޒުވާން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އެމީހުން އެކަން ހިތުގައި ބާއްވައިގެން ތިބޭނެއެވެ.

މީހަކަށް ހިތް ކިޔުމާއި މީހެއްދެކެ ލޯބިވުމަކީ މުޅިން ތަފާތު ދެކަމެކެވެ. އެހެން ކަމުން ތިބާގެ ބައިވެރިޔާ ދޮށީ އަންހެނަކަށް ޝައުގުވެރި ވާހެން ހީވި ނަމަވެސް އޭނައަށް އިތުބާރު ކުރާށެވެ. ހަނދާން ބަހައްޓަން ވީކަމަކީ ތިބާދެކެ ލޯބިވާ މީހެއްނަމަ ތިބާއަށް ބޭވަފާތެރި ނުވާނެކަމެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ވާނުވާ

  ގިނަ އަންހެނުން ނަށް ވެސް ކަމު ދަނީ ދޮށީ ފިރިހެނުން... ގިނަ ފިރިހެނުން ނަށް ނޭގުނު ނަމަ ވެސް ކޮންމެ އަންހެނަކުވެސް ވަރަށް ގަޔާވާ ދޮށީ ފިރިހެނެއް ހުންނާނެ...

  138
  10
 2. ީިިގުދު

  ޙެވެނިިިި???

  49
  3
 3. މައު އަލީ

  ދޮށީ އަންހެނުންގެ މަކަރުވެރި ކަމުން ވާގޮތެއް އެެއީ.... ހަމަ ހޭވެރިކަން ވާފަހުން ދެރަވޭ...

  61
  37
  • ާައާމިނަތު

   ކަލެއަަށް ވަރަށް ރަނގަޅަށް ތިވަނީ އެނގިފަ

   52
   7
   • މައު އަލީ

    އާން އައިންތޫ މަމުޅިން ރޯފިލައިފި...

    9
    1
 4. ރަނާ

  މިއީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިއުއްވި ލިއުމެއްތޯ؟

  54
  9
  • ސިއްރު ލޯބިވެރިޔާ

   ކީއްކުރާ ދިރާސާއެއްތޯ؟
   ޝާނީ އަމިއްލަ ތަޖުރިބާއިން ކިޔާ ދިނީމަ ދެން ގަބޫލުކޮށްބަލަ

   60
   3
 5. ވާނުވާ

  އެހެންވީމާ މީގަ މައްސަލައެއްނެތްތާ؟؟ ފިރިހެނުން ބޭނުންވަނީ ލަޯއްބާއި އަޅާލުން ވިއްޔާ!! އެ ބުނާ ލޯބި އެމީހުންނަށް މި ލިބެނީ އުމުރުން ދޮށީ އަންހެނުންގެ ފަރާތުން ވިއްޔާ!! ޒުވާން ކުދިން ބޭނުންވަނީ “ ފައިސާ” ??? އެމީހުންނަކަށް ނޭނގޭނެ ލޯބިދޭކަށް ?

  132
  5
 6. ތަހުތު

  ތަޖުރިބާ؟

  39
 7. ޟ

  ދޮށި އަންހެނެއްވިއަސް ދޮށިފިރިހެނެއްވިއަސް ގެހުރިކަމުގަވަޔާ އެމީހެއްގެދަށުކޮއްގެންގެންގުލޭނި ??

  34
  2
 8. ރަމީޒް

  މުސްކުޅިއަންހެނުންނާ ޒުވާންފިރިހެންކުދިން ކާވެނިކުރީމައި އަންހެންމީހާއަށްކޮށްދެވޭނީކޮންކަމެއްތޯ އިއްދައިންކެނޑުނީމައި ފަސްވަގުތުނަމާދުކޮށްގެން ގޭތެރޭގަ މަޑުންހުރިއްޔާމު މާރަނގަޅުވާނެކަމަށްފެނޭ އަހަރެމެން ހަމަގައިމުވެސް ދުވަހަކުވެސް މުސްކުޅިއަންހެނަކާ ނުގުޅޭނަން

  10
  63
 9. ފިރިހެނާ

  ކަލޯ މަށަށް ހެޔޮ ދޮށްޓަސް ކުޑަޔަސް މުސްކުޅިޔަސް އަންހެނެއް ވެއްޖެޔާ

  61
  8
 10. ފިރިހެނާ

  ކަލޯ މަށަށް ހެޔޮ ދޮށްޓަސް ހަގަސް މުސްކުޅިޔަސް އަންހެނެއް ވެއްޖެޔާ

  28
  7
 11. ސޯލިހު

  މަށައްވެސް ހެޔޮ މުސްކުޅި ޔަސް ހަގަސް އަަންހެނެން ވެއަްޖިންޔާ އޯކޭ ވާނެ. ރަގަޅަށް ލޯބިދެންނާ

  33
  3
 12. ޒީ

  ލޯބި އެއީ ވަކިއުމުރަކަށް އޮތްކަމެއްނޫން!
  ލޯބި އެއީ ވާއެއްޗެއްނޫން (ވެވޭއެއްޗެއް)
  ކިތައްމެ ރުޅި އަރާމީހަކުދެކެވެސް ލޯބި ވެވިދާނެ!
  ރުޅިވެރިކަމެއް ނެތް މީހާ އާދޭސް ކުރިޔަސް ލޯބި ނުވެ އަނެކާ ހުރެދާނެ! އެރުޅިވެރިކަން އޮތް މީހާ އާހެދި ދިވާނާ ވެސް ވެދާނެ!
  ރުހުމުގެލޮލަކައް އައިބެއް ނުފެންނާނެ! ރުޅިއެރިޔަސް
  ލޯބިވާލެއް ބޮޑު މީހުންވެސް އެތިބީ ފެންނަން ދެގޮތެއްނުވޭ!
  ސާނީ އަދި ޓެސްޓެއް ހަދާފަ އަލުން (ލޯބި)
  ވަރަށް ރަނގަޅަށް ލިޔެލާތި އިނގޭ
  އަހަރެން ލޯބިވާ މީހާ ވަރަށް ރުޅިއަޔަސް ހަމަ ލޯބިވާނަން! ލޮލް ލޮލް.

  34
  2
  • އަދީބު

   ހމމމ... ލޯބީގެ ޑޮކްޓަރެއް...

   15
   1
 13. އަލީ

  ތަޖުރިބާ ލޯބީގައި ވަރަށް މުހިންމު އެހެންވެ ދޮށީ މީހުން ހޯދަނީ ލޯބި ދޭން އިނގޭނެ

  22
  1
 14. މީހެއް

  ކޮންމެ މީހަކުވެސް ބޭނުންވާނީ ލޯބި!!!!!!!!

  17
  1
 15. ކަލޯގަޔާ

  ވަރަށް ކްރީޕީ

  8
  3
 16. ޚިޔާލު

  ގެއެއް އަޅައިދީ، ކޮޓަރި ހަދައިދީ، ކޮޓަރި ރީތިކޮށްދީ، އަނބި މީހާ ޒީނަތްތެރި ކޮށްދީ، އަންހެނުންގެ ބޭނުންތައް ފުއްދައިދީ، ކާންދީ، ބޯންދީ، ރީތި އަންނައުނު ހޯދައިދީ މިހުރިހާ ކަމެއް ފިރިމީހާ ކޮށްދެނީ، އަނބިމީހާގެ ރުހުންހޯދުމަށެވެ.

  20