ގިނަބަޔަކަށް އެންމެ މީރު ކާއެއްޗެހީގެ ތެރޭގައި ޕިއްޒާއަކީ ނަމްބަރ ވަންއެވެ. ޕިއްޒާއަށް އޯޑަރު ދީގެން އެތައް އިރެއް ވަންދެން ތިބެން ޖެހޭތީ ބައެއް މީހުންގެ ޝަކުވާވެސް އެހާ ބޮޑެވެ. ނަމަވެސް މިހާރު ހާސްވާނެ ކަމެއް ނެތެވެ. މިހާރު އެންމެ 27 ސިކުންތު ތެރޭގައި ޕިއްޒާ ހަދާލެވޭނެ ކުޅަދާނަ ޝެެފެއް ޑޮމިނޯސްގައި މަސައްކަތް ކުރަމުން ދެއެވެ.

އެއީ ޒަގްރޮސް ޖެފްއެވެ. އޭނާ އެތަނުގައި މަސައްކަތް ކުރަމުންދާތާ 10 އަހަރުވެފައިވާއިރު، 27 ސިކުންތު ތެރޭގައި އޭނާއަށް ޕިއްޒާއެއް ހަދާލެވޭނެއެވެ. އެހެންކމަުން އެއްގަޑިއިރު ތެރޭގައި 133 ޕިއްޒާ ހަދާލެވެނޭ ކުޅަދާނަކަން އޭނާގެ އެބަހުއްޓެވެ.

އޭނާ ޕިއްޒާ ހަދާލެއް އަވަސްކަމުން، އޭނާއަށް ވަނީ ތިން ފަހަރު މަތިން އެވޯޑްވެސް ލިބިފައެވެ. ޑޮމިނޯސް ޔޫރަޕިއަން ފާސްޓަސްޓް ޕިއްޒާ މޭކަރ އޭވޯޑް އޭނާއަށް ވަނީ ލިބިފައެވެ. މިއީ ޝެފުންގެ ހުރި ހުނަރުވެރިކަން ދައްކާލުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

ޖެފް ބުނިގޮތުގައި، އޭނާ ޑޮމިނޯސް ޕިއްަޒާގައި 10 އަހަރު މަސައްކަތްކޮށްފައިވާއިރު، އަނެއްކާވެސް އެފަދަ އެވޯޑެއް ލިބުމަކީ އޭނާ ފަހުރުވެރިވާ ކަމެއްކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި، ޑޮމިނޯސް ޕިއްޒާ ހެދުމަށް ގެންގުޅޭ އުކުޅުތައް ކަސްޓަމަރަށް ނޭގޭނެއެވެ. ޕިއްޒާގެ ފުށްގަޑު ހަދާލާ ގޮތާއި، ސޯސް އަޅަން ޖެހޭ ވަރާއި، އަމިއްލަ ބައެއްތަކެއްޗާއެކު، ޕިއްޒާ މީރުކޮށްލާނެ ކަމަށް އޭނާ ބުންޏެެވެ

ޑޮމިނޯސްގައި މަސައްކަތް ކުރަމުން އަންނަ ޖެފްހާ ހަލުވިކޮށް ޕިއްޒާ ހަދާ މީހަކު ހުރިހާ ރެސްޓޯރެންޓަކަށްވެސް ބޭނުންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު