ބޮލީވުޑްގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ތަރިންގެ ތެރޭގައި ރަންބީރް ކަޕޫރް ހިމެނެއެވެ. އޭނާއަކީ ވަރަށް ފެޝަނަށް ލޯބިކުރާ މީހެއްކަމުން އޭނާ ލާ ހެދުމާއި، އަރާ ބޫޓާއި ބޭނުން ކުރާ އެހެނިހެން އެއްޗެއްސަކީ ފޭނުންނަށް ވަރަށް ކަމުދާ އެއްޗެއްސެވެ.
މިގޮތަށް އެންމެ ފަހުން ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ މިދިޔަ އާދީއްތަ ދުވަހު އޮތް ސޮކާ މެޗަކަށް ރަންބީރު އަރައިގެން ދިޔަ ބޫޓަށެެވެ. އެ ބޫޓުގެ ރީތިކަމުގެ ވާހަކަ ގިނަބަޔަކު ދައްކައެވެ. އަދި އެ ބޫޓުގެ އަގުވެސް ބަލަން ބޭނުންވިއެވެ.
އެއީ ނައިކް ބޫޓެކެވެ. އެ ބޫޓުގައި ކުރަހާފައި ވަނީ އެކި ކަހަލަ ޖަނަވާރުތަކުގެ ޑިޒައިންތަކެވެ. ތަފާތު އެކި ޑިޒައިންތައް އެ ބޫޓުން ފެނިގެން ދެއެވެ.
ރަންބީރު އެ ބޫޓަށް އަރަނީ ހަމައެކަނި ކުޅެން ދިއުމަށް އެކަންޏެއް ނޫނެވެ.
އޭނާ ބޭރަށް ދާއިރުވެސް އެ ބޫޓަށް އަރާ އުޅެއެވެ. އޭނާ އެ ބޫޓުގައި ހުއްޓާ ނަގާފައިވާ އެެހެން ފޮޓޯއެއްވެސް މީސް މިޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯ ފެނިފައި ގިނަ ބަޔަކު ބުނަމުން ދަނީ އެއީ ރަންބީރުއަށްވެސް އެންމެ ކަމުދާ ބޫޓު ކަމަށެވެ.
"ބީސްޓް" ނަމުން ނަން ދީފައިވާ އެ ބޫޓުގެ އަގަކީ 250 ޑޮލަރެވެ.
ޗާލާ ބާޒާރުން 500 ރުޕީސްއަށް.
ތިވަރުމީހަކު އަރަން ތިބޫޓު މާއަގުހެޔޮ. ދުވެލާނެ ބޫޓެއް ހޮދަން ސޮނީއަށް ދިޔަސް 2000 ގެ މިކޮޅުން ހޯދުމަކީ ފަސޭހަކަމެއްނޫން.
ތީހާދަބޮޑު އަގެކޭދޯ މިވާހަކަ ލިޔުނުކުއްޖާ ހާދަމޮޅޭ ހީ ހީ ހަލާކު
ތީގެ އޮރިޖިނަލް ބޫޓެއްގެ އަގުއުޅެނީ 410 ޑޮލަރަށް! 250 އަކަށް ނޫން!
ހާދަ އަގު ބޮޑެވެ
ހާދަހާ އަގު ބޮޑު ބޫޓެކޭ ތީ.