ބައިވެރިޔާ ނުވަތަ ލޯބިވެރިޔާއާއި ގުޅުން ދަމަހައްޓަން ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހެއެވެ. ތެދުވެރިވުމާއި، އަޅާލުމައި، އެކަކު އަނެކަކަށް އެހީތެރިވުމަކީ ކުރަން ޖެހޭ ކަންތައްތަކެވެ. އަދި ދެ މީހުންވެސް، ދެ މީހުންގެ ގުޅުން ވަރުގަދަ ކުރުމަށް ކަންތައްތަކެއް ކުރަން ޖެހޭކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. އެހެން ނޫނީ މާ އަވަހަށް ދެ މީހުން މަތިންވެސް ދެ މީހުން ފޫހިވެދާނެއެވެ.

މިއީ ބައިވެރިޔާ ގުޅުން ދަމަހައްޓަން ކުރެވިދާނެ ބައެއް ކަންތައްތަކެެވެ.

ބައިވެރިޔާއަށް ގިނަ ވަގުތު ހުސްކުރުން

ބައިވެރިޔާއަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތުގައި އުޅުނު ކަމުގައިވިޔަސް، ދޭތެރެއަކުން ބައިވެރިޔާއަށް ގުޅާލައި، ހާލު ބަލާލެވިދާނެއެވެ. އަދި ވަގުތެއް ހޯދައިގެން އެކުގައި ވަގުތު ހޭދަ ކުރެވިދާނެއެވެ. މިއީވެސް ލޯބި އިތުރުވާނެ ކަމެކެވެ.

ބައިވެރިޔާއަށް ސަޕްރައިޒް ދިނުން

މިއީ ވަރަށް ތަފާތުކޮށް ބައެއް މީހުން ކުރަމުން އަންނަ ކަމެކެވެ. ބައިވެރިޔާ އުފާކޮށްދިނުމަށާއި، ލޯބިވާ މިންވަރު ހާމަ ކުރުމަށް މިއީ ގިނަ ލޯބިވެރިން ކުރަމުން އަންނަ ކަމެކެވެ. ބައިވެރިޔާ އަށް ގިނަގިނައިން ސަޕްރައިޒް ދީ ހަދާށެވެ. އެއިރުން ބައިވެރިޔާ ގެ ފަރާތުން ތިމާއަށް ލިބޭ ލޯބި އިތުރު ވާނެއެވެ.

ބައިވެރިޔާ އަށް ކޮންމެ ދުވަހަކުވެސް ހާއްސާ ކަމެއްކޮށް ދިނުން

ކޮންމެ ދުވަހަކުވެސް ބައިވެރިޔާއަށްޓަކައި ތަފާތު ކަމެއްކޮށްދޭށެވެ. މިސާލަކަށް، ބޭރަށް ކާންގެންދިއުމާއި, ތަފާތު ކާއެއްޗެއް ހެދުމާއި، ހަދިޔާއެއް ދިނުން މިއީ ކުރެވިދާނެ ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން ދެމީހެއްގެ ދެމެދުގައިވާ ލޯބި އިތުރުވެ އެގޮތުގައި ދެމެހެއްޓުމަށް އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބައިވެރިޔާ އެންމެ ބޭނުންވާ ކަންތައްކޮށްދިނުން

ބައިވެރިޔާ އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ބަލަން ބޭނުންވާނެއެވެ. އަދި އެއީ ތިމާއަށް ކޮށްދެވޭ ވަރުގެ ކަމެއް ނަމަ އެކަން ކޮށްދީ، އެ ހުވަފެން ހަޤީޤަތަކަށް ހަދާދޭށެވެ. އޭރުން އޭނާވެސް ތިބާގެ އެދުންތަކާއި ހުވަފެންތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢާމިރު

    އަހަރެން މިހާރުވެސް ތިބުނާ ހުރިހާކަމެއްކޮއްދެމުންއަންނައިރުވެސް އެއްމެކަމެއްވެސް ނުކުރެވިއްޖެއްޔާ އޮންންނީ ރުޅިމޫނުދައްކާބޮޑާހާކާފަ އެހެންވީމާ ދެން ހަދާނީ ކިހިނެއްތޯއެވް

    12
    1
  2. ޖަމީލުބެ

    އެންމެ ކަމެއް ފިޔަވާ ދެންހުރީ ހުސްލާރިއާ ގުޅުންހުރި ކަންކަން.. ލާރި ހޯދަން ހަދައިގެން އޮންނަނީ އެކަންވެސް ނުވެފަ. ޢެއީ ވަގުތު ދިނުން.....

    14
  3. ސޮނިފުހޭއިސްކިން ޓޯޓޯ

    ބަންގަާޅީ ހެން އެސޮރު ގުދުކޮށްގެން މަސައްކަތްކުުރުވާ ނީ ފަާހަަާނަ ދޮވުން،ކުނިކެހުން ހޮޓަލުންކާންގެނުވުން ލަާރި ވޭސް ޓްކުރުން މޭކަޕްކޮށްގެން ފޮނިދެއްކުން މިއީ ދިވެހި ފިރިހެނުން އެޭރުން ހޭކެނ ޑޭނެ ލޯބިން. މީހުން ގެ ފިރިހެންދަރިން ގޭގައި އުޅޭ ގޮތް ހަމަލޮލުން ދެކިބަލަ

    3
    1