ށުޕެރސުޕަމާކެޓެއް ތެރޭގައި އުމުރުން 12 އަހަރުގެ ކުޑަ ކުއްޖަކާއި 19 އަހަރުގެ ކުއްޖަކު ބައިސްކަލު ދުއްވައި، އެތަނުގައި ވިޔަފާރި ކުރަން ތިބި ކަސްޓަމަރުންގެ ގައިގައި ޖަހައި އަނިޔާ ކުރުމުން އެމީހުން ހައްޔަރު ކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ބްރައިޓަންގައި މި އަމަލު ހިންގާފައިވާ ދެ ކުދިންނަކީ ގޭންގަކަށް ނިސްބަތްވާ ދެ ކުދިން ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރާއިރު، ފުލުހުން ވަނީ އެ ދެ ކުދިންވެސް ހައްޔަރު ކޮށްފައެވެ. އެތަނުން 19 އަހަރުގެ ކުއްޖާ މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން، ނުރައްކާތެރި ގޮތަކަށް ބައިސްކަލް ދުއްވުމުން ދައުވާވެސް ކުރާނެއެވެ.

އެއީ 19 އަހަރުގެ ޒުވާނެއް ނަމަވެސް، އެ ގައުމުގެ ރައްޔިތުން ދެކޭ ގޮތުގައި އެ އުމުރުގެ ކުދިން އެއީ ހަމަ ކުޑަކުދިންނެވެ. އެ ކުއްޖާ ހިންގި އަމަލު ތަކުގެ ސަބަބުން ސުޕަމާކެޓު ތެރޭ ހުރި މީހެއްގެ އަތުގެ ކުޑަހުޅު ބިންދާގެން ގޮސްފައި ވާއިރު، އިތުރު މީހެއްގެ މެއަށާއި އެތެރެ ހައްޓަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި ކުދިން ނިސްބަތްވަނީ ނުރައްކާތެރި ގޭންގަކަށް ވާއިރު، ފުލުހުން ބުނެފައި ވަނީ މިފަދަ ކަންކަން ވުމަށް ފުރުސަތު ނުދޭނޭ ކަމަށާއި، މިކަން ކުރުމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުދިން ގޭންގުތަކަށް ވައްދައިގެން އެ ކުދިން ލައްވައި ކުށްތަށް ކުރުވުމަކީ މިހާރު އާއްމު ކަމަކަށް ވާއިރު، މިއީ ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ.