ދުނިޔެއާއި ދުރުން ގެލެކްސީއަކުން ގޮތް ނޭނގޭ ސިގްނަލް ތަކެއް ކެނެޑާގެ ސައިންސްވެރިނަށް ލިބިއްޖެވެ.

ދުނިޔެއާއި 2 ބިލިއަން އަލި އަހަރު ދުރުގައިވާ މި ގެލެކްސީ 40 ވަރަކަށް ރޭޑިއޯ ބާސްޓް ކަމަށް ބެލެވޭ ސިގްނަލް ތަކެއް ސައިންސްވެރިނަށް ލިބިފައިވާއިރު މިދިޔަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ވަނީ ގޮތް ނޭނގޭ ސިގްނަލް ތަކެއް މި ގެލެކްސީން ލިބިފައެވެ.

މުޅި ޖުމްލަ 120 ސިގްނަލް މިހާތަނަށް މި ގެލެކްސީން ލިބިފައިވާ އިރު ސައިންވެރިނާއި އަދި ބައެއް އާންމު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މި އީ އެ ގެލެކްސީގައިވާ ގުރަހައެއްގައި ދިރުން ހުރެދާނެ ކަމުގެ ނިޝާނެކެވެ. ނުވަތަ މިއީ އޭލިއެން ސްޕޭސް ޝިފަކުން ފޮނުވާ ސިގްނަލް ތަކެކެވެ.

އަލަށް މި ލިބުނު ސިގްނަލްތަކާއި އެކު ސައިންސްވެރިން އަނެއްކާ ވެސް ފުން ވިސްނުމަކަށް ދާން ވަނީ މަޖުބޫރުވެފައެވެ.

ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަންބިއާގެ އޮސްޓޮލޮޖިސްޓެކް ކަމަށްވާ ސްޓެއާސް ބުނީ މި ސިގްނަލް މި ގެލެސީން ތަކުރާރު ކޮށް ލިބުމަކީ ކޮންމެވެސް ގޮތް ނޭނގޭ ކަންތައްތަކެއް މި ގެލެކްސީގައި ހިނގާ ކަމުގެ ހެެއްކެއް ކަމަށެވެ.

ނާސާއިން އަންނަނީ އޭލިއެން ދިރުން ހޯދުމަށް ޚާއްސަ އޮބްޒަވޭޓަރީތައް ވެސް އިމާރަތް ކުރަމުންނެވެ. އަދި އޭލިއެން ހޯދުމަށް ކޮންމެ ދުވަހަކުވެސް ފަޒާގެ ތެރެ ސްކޭން ކުރަމުންނެވެ.

ނާސާގެ ސައިންސްވެރިން ބުނާގޮތުގައި އެ އިދާރާގެ ޓެލެސްކޯޕް ތަކުގެ އެހީގައި ކައުނުގައި ކުރިން ހޯދިފައިނުވާ އަދި ދިރާސާ ކުރުމުގެ ގާބިލުކަން ކުރިން ލިބިފައިނުވާ ސަރަހައްދުތަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި އެއީ މީގެ 20 ވަރަކަށް އަހަރުކުރިން އަމިއްލަ ސޫރުދަ ނިޒާމުން ބޭރުގެ އެއްވެސް ގުރަހައެއް އިންސާނުންނަށް ހޯދިފައިނުވާ ޒަމާނަކާއި އަޅާކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޯމެންގެ ތެރޭގައި އޭލިއަނުން އުޅެފައި އަހަރެމެންގެ ތެރޭގައި އޭލިއަނުން މި ނޫޅެނީ ކީއްވެ!

  2. ސަޒުނާ

    ﷲގެ ކުޅަދުންވަންތަކަށް

    11
  3. ކައްކާ

    "ބްރިޓިޝް ކޮލަންބިއާގެ އޮސްޓޮލޮޖިސްޓެކް ކަމަށްވާ ސްޓެއާސް ބުނީ".... އެސްޓްރޮލޮޖިސްޓުންނަކީ ތަރިބަލާފަ ކައިވެނިކުރަން އިރުވަރު ބުނެދޭމީހުން. އެއީ އެސްޓްރޮނޮމީއާ ބެހޭބައެއްނޫން އެކޮއެ.

  4. ކަހަނބު ވިތްޓޯ ޓޯ

    މަވެސް މިއީ އޭލިއަނެއް

    3
    2
  5. ސޮނިފުހޭ

    ވެދާނެ އޭލިަނުންނައްވެސް

  6. ސޮނިފުހޭއިސްކިން ޓޯޓޯ

    އޭލިއަނުން އަކީ އަސްލެއް ނޫން

  7. ފަތައްސީލާ

    ﷲ ދުނިޔެ އުފެއްދެއްވީ،އޭލިަނުން ވެސް ހައްދަވަފާނެ

  8. އަލިބެއްޔާ

    މާލެ ބަސް ޓާމިނަލް ކައިރި، އިންޑަސްޓްރިއަލް ސަރަޙައްދަށް އެއްރޭ 19:00 އެހާކަންހާއިރު ބޮޑު އަލިފާން ގަޑެއް (އަލި ގުޅަ) މަތިން އައިސް ވެއްޓުނުތަން އަޅުގަނޑު ދެކުނިން.. އޭގައި ހުރީ ވަރަށް ގަދަ ހުދު އަލި ކަމެއް.. ވެއްޓުނު އިރު އެއްވެސް އަޑެއް ނީވޭ.. އެތާކު އެއްވެސް އަލިފާނުގެ އަސަރެއް ނެތް.. ޖިންނީންނަކީ އިންސާނުން ފަދައިން އުޅޭ ބައެއް..

  9. އަލީ

    އަލިބެއްޔާ އެބުނަނީ ވަރަށް ބޮޑު ތެދު ވާހަކައެއް.....