ނިމިގެން ދިޔަ ޖުލައި މަހަކީ ދުނިޔޭގެ ތާރީހުގައިވެސް ހޫނުމިން އެންމެ މަތިވެފައިވާ މަހެވެ.

މިއީ އެމެރިކާގެ ނެޝަނަލް އޯޝަނެކި އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން އިއްޔެ ނެރެފައިވާ ދިރާސާއެކެވެ.

‎އެ ދިރާސާއިން ދައްކާގޮތުގައި ޖުލައިމަހުގެ ހޫނުމިން އެވްރެޖް ގޮތެއްގައި ވަނީ 1.71 ޑިގްރީ ފަރެންހައިޓ މައްޗައް ގޮސްފައެވެ. 20 ވަނަ ގަރުނުގައި ޖުލައިމަހުގެ ހޫނުމިން އާންމުކޮށް ހިފެހެއްޓިފައިވަނީ 56.9 ޑިގރީ ފަރެންހައިޓް ގައެވެ. މިއީ ދުނިޔޭގެ ތާރީހުގެ ފިނިހޫނު މިން ބަލަމުންދާތާ 140 އަހަރުވި ފަހުން ހޫނުމިން އެންމެ މައްޗަށް ގޮސްފައިވާ ފަހަރު ކަމަށް އެ ދިރާސާއިން ދައްކައެވެ. މިއަހަރު ޖުލައި މަހުގައި ހޫނުމިން ރެކޯރޑް ކުރެވިފައިވަނީ 62.11 ޑިގްރީގައެވެ.

ހޫނުމިން އެންމެ މައްޗަށް ގޮސްފައިވާ ސަރަހައްދުތަކަށް ބަލާއިރު ހިމެނެނީ ދެކުނު އެމެރިކާ، އޭޝިއާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ދެކުނު އެފްރިކާގެ ގައުމުތަށް، ޕެސިފިކް ކަނޑުގެ ހުޅަގުބައި، އިންޑިއަން ކަނޑުގެ ހުޅަނގުބައި އަދި އެޓްލާންޓިކް ކަނޑަވެ.

އާޓިކް ކަނޑުގައި އުފެދިފައިވާ ގަނޑު ފެނުގެ ބޯމިން ވަނީ 19.8 އިންސައްތަ ދަށައް ގޮސްފައި ކަމަށް މި ދިރާސާއިން ދައްކައެވެ. އަދި އެންޓާޓިކް ކަނޑުގެ ގަނޑު ފެން ކަވަރު ކުރާ ސަރަހައްދުވަނީ 4.3 އިންސައްތަ ކުޑަވެފައި ކަމަށް ވެސް މިދިރާސާއިން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭ

    ހާދަ ހޫނެކެވެ