ދަތުރުކޮށްފައިދިޔަ ފްލައިޓަކުން، އެއްވެސް ރައްކާތެރި ކަމެއް ނެތި "ވެއްޓުނު" އަންހެނަކު ފުރާނައަށް ގެއްލުމެއް ނުލިބި ސަލާމަތްވެއްޖެއެވެ.

ކެނެޑާގައި ހުންނަ މަޝްހޫރު ސްކައިޑައިވިންގް ސެންޓަރެއްގެ ފްލައިޓަކުން، ސްކައިޑައިވް ކުރަން އުޅެނިކޮށް ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ، އޭނާ ފްލައިޓުން ފުންމާލި ވަގުތު ވައިކުޑައަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެ ވައިކުޑަ ނުހުޅުވުމުންނެވެ. މި ހާދިސާ ހިނގި ވަގުތު، އޭނާގެ އަތުގައި އޮތް ރިޒާވް ވައިކުޑަވެސް މަސައްކަތް ނުކުރުމުން އޭނާ ވަނީ މަތިން ވެއްޓިފައެވެ.

މި ހާދިސާ އާއި ގުޅިގެން އުމުރުން 30 އަހަރުގެ ޑެނިސް ޑެމާސް ވެއްޓިގައި ވަނީ 5000 ފޫޓު މަތިން، ފަރުބަދަމަތީ ސަރަޙައްދަކަށެވެ. އެ ހާދިސާގައި އޭނާއަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، އެހައި މަތިން ވެއްޓި ބިންމަތީގައި ޖެހުމުން ހަށިގަނޑުގެ އެކި ކަށިތަކުގައި ރެންދުލައި ބިންދައިގެން ގޮސްފައި ހުއްޓެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޑެނިސް ވަގުތުން ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދެމުންދާއިރު، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ކެނެޑާގެ ނޫސްކުގައި ބުނެފައި ވެއެވެ.

އާންމު ގޮތެއްގައި ސްކައިޑައިވިންގް ހަރަކާތްތަކުގެ ތެރޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވަނީ ސްކައިޑައިވް ކުރުމަށް ފުންމާލާ މީހަކަށް ހެދޭ ގޯހަކުން ކަމަށް، އެމެރިކާގެ ޕެރެޝޫޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ. ނަމަވެސް ޑެނިސްއަށް މި ނުރައްކަލާއި ކުރިމަތިވި ހާދިސާގައި އެފަދަ ކަމެއް ހިނގި ކަމަށް ނުބެލެވޭ ކަމަށް އެފަރާތުން ބުނެއެވެ. މިކަމާއި ގުޅިގެން މި ހާދިސާގެ ތަހުޤީޤެއް ފުލުހުން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަކީ

    ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ