ތައިލޭންޑުން ފެނުނު، ދުނިޔެއިން ނެތިގޮސްދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަނޑުގެރި، "މަރިއަމް" މަރުވެއްޖެއެވެ.

ޕްލާސްޓިކްގަނޑެއް ގައިގައި އޮޅިގެން ހާލުގައި ޖެހިފައި ވަނިކޮށް ތައިލޭންޑުގެ އައްސޭރީގެ ސަރަޙައްދަކުން މި ކަނޑުގެރި ފެނިގެން އެޤައުމުގެ އޮފިޝަލުން އެހީތެރިވި ހާދިސާ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއަށްފަހު އެ ކަނޑުގެރި ޚާއްސަ ޕާކެއްގައި ބަލަހައްޓަމުން ގޮސްފައި ވާއިރު، އެއަށް ވަނީ "މަރިއަމް"ގެ ނަމުން ނަންދީފައެވެ.

އިންޓަނެޓްގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ "މަރިއަމް" މަރުވެފައި ވަނީ، ޕްލާސްޓިކް ކެވުމުގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އުފެދި ހާލު ދެރަވެގެން ފަރުވާދެމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށް ކަމަށް ތައިލޭންޑުގެ އޮފިޝަލުން ބުނެއެވެ. އެފަރާތްތަކުން ބުނެފައިވަނީ، "މަރިއަމް" މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި އިތުރަށް ހާލު ދެރަވެގެން ފަވާދެނިކޮށް ޝޮކެއް ޖެހިގެން ކަމަށެވެ.

"މަރިއަމް"ގެ ނަމުން ނަންދެވުނު ކަނޑުގެރި

"މަރިއަމް" ބަލަހައްޓަމުން އައި ތައިލޭންޑުގެ ޓްރޭންގް ޕްރޮވިންސް މެރިން ޕާކުގެ ވެރިޔާ، ޗައިޔަޕަކް ވެރަވޮންގް ނޫސްތަކުގައި ބުނެފައިވަނީ "މަރިޔަމް" އަށް ޕަލާސްޓިކް ކެވުމުގެ ސަބަބުން ބަނޑުގައި ޕްލާސްޓިކް އެތިކޮޅުތައް އެތައް ދުވަހެއް ވީއިރުވެސް ތާށިވެފައި ހުރި ކަމަށެވެ. މިކަމާއި ގުޅިގެން "މަރިއަމް" އަށް ލޭގެ އިންފެކްޝަނެއް ޖެހުނުއިރު، ބަނޑުގައިވެސް އިންފެކްޝަން އުފެދިފައިވާ ކަމަށް އޭނާ ބުނެއެވެ.

"މަރިއަމް"ގެ މަރަށްފަހު ހެދި އޮޓޮޕްސީއެއްގައި އޭގެ ބަނޑުން ގިނަ އަދަދެއްގެ ޕްލާސްޓިކް ނަގާފައި ވެއެވެ. މިގޮތުން ނެގި ޕްލާސްޓިކްގެ ތެރޭގައި 20 ސެންޓިމީޓަރުގެ ބޮޑު ޕްލާސްޓިކްގަނޑުތައް ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.

"މަރިއަމް"ގެ މަރާއި ގުޅިގެން އެތައް ބަޔަކު މިހާރު މީސްމީޑިއާގައި ޝުޢޫރު ފާޅުކުރަމުންދާއިރު، ގިނަ ބަޔަކު ބުނެފައި ވަނީ އެއީ ތިމާވެއްޓާއި މެދު މީހުން އިހުމާލުވެފައިވާ މިންވަރު ހާމަވެގެންދިޔަ ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    ރާއްޖެ އިންކަނޑުގެރިއެއް ފެނިއްޖެ ނަމަ ސްކިންޓޯޓޯ ގެނަން ދޭތި މަވަރައްހެޕީވާނެ

    11
    2
  2. ހަސަންބެ

    ތި މަރިޔަނބެއްވުރެ ތަންތަނުން ހާލުގަ ޖެހިގެން ލައްގަމުން ދާ މީހުން ނަށް ކާންދީގެން ބަލާނަމަ ކިހާރަނގަޅު...

    12
  3. ޢަކު

    ތީ ކަނޑުގެރިއެއްތަ؟ ޓީ ޑޫގޮންގް އެއް. ޑިވެހިން ކަނޑުގެރި ކިޔަނީ ހިޕޯ އަކށް ނޫންތަ؟