ދެކުނު ފިލިޕީންސްގައި ކިނބުލެއް، ސަފާރިއެއްގައި އިން ކުޑަ ކުއްޖަކު ޖަހައިގަނެގެން ގެންގޮސް ކާލައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން ކިނބުލެއް އައިސް އެ ކުއްޖާ ޖަހައިގަތީ ދެ ބޭބެއަކާއެކު ސަފާރީގައި ދަތުރުކުރަމުން ދަނިކޮށެވެ.

ފިލިޕީންސްގައި ކިނބުލެއް ކުޑަ ކުއްޖަކު ކާލިއިރު ފިލިޕީންސްގެ މަޝްހޫރު ބަލަބަކް ނަމަކަށް ކިޔާ ސަހަރުގައި ހިނގި އެ ހާދިސާގައި ކިނބުލެއްގެ ޝިކާރައަކަށްވީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ.

ފިލިޕީންސްގެ ފުލުހުން ބުނީ، އެ ކުއްޖާ ހޯދުމަށް އާއިލާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކުއްޖާ ފެނުނީ ކުޅިއެއްގެ ތެރެއިން ހަށިގަނދުގެ އެއްބައި ކާލާފައި އޮއްވާ ކަމަށެވެ. ކުއްޖާގެ ކަށިގަނޑު ދެނެގަނެވުނީ ފޮރެންސިކް ތަހުލީލުތަކަށް ފަހު ކަމަށް ރިޕޯޓްތަށް ބުނެވެ.

ބަލަބަކް ހިމެނޭ ޕަލަވަން އައިލެންޑް ގުރޫޕްގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ސަރުކާރުގެ ކައުންސިލްގެ ތަރުޖަމާން ޖޮވިކް ޕަބެލޯ ބުމީ އެގައުމުގެ ތަރައްގީއަށް ކުރަމުންދާ މަޝްރޫއުތަކާއި އާބާދީ އިތުރުވުމާ ގުޅިގެން ކިނބޫ އުޅޭ ވެށިތައް ނެތެމުންދާތީ އެހެން ކިނބުލުގެ މިޒާޖަށް ބަދަލު އަންނަމުންދާ ކަމަށެވެ.

ފިލިޕީންސްގެ މި ސަރަހައްދަކީ 2015 ވަނަ އަހަރުން ފެށިގެން ކިނބުލެއްގެ ހަމަލާއެއް ވަރަށް ގިނައިން އަމާޒުވަމުންދާ ސަރަހައްދެއް ކަމަށް އޭނާ ބުންޏެވެ.

މިހާދިސާ ހިންގާފައިވާއިރު އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު 2016 ވަނަ އަހަރުގެ ފަހުކޮޅު ކިނބުލެއް ގެންދިޔަ ފަހުން އޭގެ ފަހުން އެ ކުއްޖާ ފެނިފައެއް ނުވެއެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ކިނބުލެއް ވަނީ ކަކުނި މަސްވެރިކަން ކުރާ މީހަކު ކާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭ

    އެސޮރު އާރަށަށް ގެންދޭ

  2. ލޮލް

    މިރާއްޖޭގައިވެސް ބޮޑު ބޯހުދު ކިނބުލެއް މުޅި ގައުމު ކަމުން ދިރުވަމުން އެބަގެންދޭ..!

    11
    7