ބުޅަލަކީ އާންމުކޮށް ގިނަ ބަޔަކު ގޭތެރޭގައި އޮޅުކޮށްގެން ގެންގުޅެން ވަރަށް ލޯބިކުރާ ޖަނަވާރެކެވެ. މިއީ ކެލިފޯނިއާގެ ކިންގްސް ރިވާ ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ ލީނާ ލެޓެންޒިއޯ ނަމަކަށް ކިޔާ އަންހެނެއްގެ ވާހަކައެވެ.

މިހާރު އުމުރުން 67 އަހަރުގެ ލީނާ މިހާރު ދިރިއުޅެނީ ބޮޑެތިވެފައިވާ 800 ބުޅަލާއި ޅަ ބުޅަލުގެ 300 ބުޅަލާއި އެކު މުޅި ޖުމްލަ 1100 ބުޅަލާއި އެކުއެވެ.

ލީނާ ބުޅާ ގެންގުޅެން ފެށާފައި ވަނީ 1992 ވަނަ އަހަރުއެވެ. އެއީ އެއްދުވަހަކު ލީނާގެ ބައްޕަ އޭނާގެ ގާތު ގޭގައި ގެންގުޅެން ބުޅަލެއް ހޯދައިދޭން އެދުމުން އޭނާ އެދުވަހު ގެއަށް އައީ 15 ޅަ ބުޅަލާއެކުގައެވެ.

ދަ އިންޑެޕެންޑެންޓް ނޫހުގައި ބުނެފައިވާ ގޮތުގައި ލީނާ ވަނީ މިހާތަނަށް 28000 ބުޅަލާއި އެކު ދިރި އުޅެފައެވެ. ލީނާއަށް އޭނާގެ ގެއާއެކު ކިންގްސް ރިވާ ހިމެނޭ ސަރަހައްދުން ބުޅާ ގެންގުޅުމަށް 12 އޭކަރުގެ ބިމެއް ލިބިފައިވެއެވެ.

12 އެނދު ހުންނަ ލީނާގެ ގޭގައި ބުޅާ ގިނަވުމުގެ ސަބަބުން ލީނާ ދިރިއުޅެން އެހެން ގެއެއް ހޯދަން އޭނާއަށް މިހާރު މިވަނީ މަޖުބޫރުވެފައެވެ.

ލިނާ ވަނީ އޭނާގެ ގެ މަގުމަތީގައި ވަންނާނެ ގެއެއް ނެތި ދޫވެފައިވާ ބުޅަލަށް ހިމާޔަތްދިނުމަށް “ދަ ކެޓް ހައުސް އޮންދަ ކިންގްސް” ގެ ނަމުގައި ޖަމިއްޔާއެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައެވެ.

ލީނާ ބުނެފައިވާ ގޮތުގައި މިގޮތަށް ބުޅާތަކަކަށް ކާންދީ ބަލައްޓަން އަހަރަކު 1.6 މިލިއަން ޑޮލަރު ހަރަދުވެއެވެ.

މިގޮތަށް ބުޅާ ގެންގުޅެމުން ގޮސް ލީނާގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ މިއީ ކަމުގައި ވެގެން ދިޔައިރު މިކަމަށް ހިނގާ ހަރަދުތައް ހަމަޖެއްސުން ވެގެން ދިއައީ ދަތި ކަމަކަށެވެ.

ލިނާ ވަނީ މިކަމަށް ހަރަދުކުރުމަށް ފައިސާ ހޯދުމަށްޓަކައި އޭނައިގެ ކައިވެނީގެ އަނގޮޓިއާއި އަދި އޭނާގެ ކާރުވެސް ވިއްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުދުހުދު

    މޮޔަ

    17
    2