އިންޑިއާގެ އެކްޓަރ ރިތިކް ރޯޝަންަކީ ދުނިޔޭގެ އެންމެ ރީތި ފިރިހެނާ ކަމަށް ވެބްސައިޓަކުން ނިންމާ އެކަން އިއުލާނުކުރީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. އުމުރުން 45 އަހަރުގެ ރިތިކް ރޯޝަންއަށް އެ މަގާމް ލިބިފައި ވަނީ، ކެޕްޓަން އެމެރިކާ ކްރިސް އީވާން އާއި ޓްވަލައިޓްގެ އެކްޓަރ ރޯބާޓް ޕިޓާސް އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްްވެސް ވައްޓާލުމަށްފަހުއެވެ.

އޭނާގެ އެ ކާމިޔާބާއި ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި އޭނާ ދީފައި ވަނީ ވަރަށް ތަފާތު ޖަވާބެކެވެ.

އޭނާ ބުނީ، އެކަމާއި އޭނާ ވަރަށް ޝަކުރުވެރިވާ ކަމަށާއި، ނަމަވެސް އެއީ ކަމިޔާބެއް ނޫން ކަމަށެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި، މި ދުނިޔޭގެ އެންމެ އަގުކުރެވޭނެ އެއްޗަކީ އެ މީހާގެ އަހުލާގު، ރަނގަޅު އަހުލާގެއްގެ މީހާގެ ރީތިކަން އިތުރަށް ފެނޭ". އޭނާ ބުންޏެވެ.

ރިތިކް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސުޕާ 30 އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ ވާރ އިންނެވެ. އެ ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޭއޭ

    ވ. ފުރިހަމަ ޖަވާބެއް.....

    67
    4
  2. ކާރިގައި ބުނެލަދީ

    ރިތިކް ކައިރީގައި ބުނެލަދީ ދުނިޔޭގައި އެންމެ އަހުލާގް ރަގަނޅީ އަހަރެމެންގެ ނަބިއްޔާ ކަމަށް

    186
    3
  3. ސޮނިފުހޭ

    އެނާ އަށް ހެޔޮ ލަފާ މީހެއް ފެނުނު ހެން އަދިހިޔެއްނުވޭ. ކަޝްމީރުގެ އިމާމެއް ކައިރިގައި ދުވަސްކޮޅަކު ހުރެލަން ފޮނުވާލަބަލަ ގެރިމޯދީއާއި މުސްލިމުންގެ ތަފާތު އެގެންދެން.

    75
    3
  4. އަވަރު

    ދެލޯ އަވަރު ބަޔަކު ޖަޖުކަން ކޮއްގެން ތި މީހާއަށް އެންމެ ރީތި މީހާގެ ލަގަބު ލިބޭނީ

    24
    35
  5. ނަބީލް

    ދުނިޔޭގެ އެންމެ ރީތި މީހާ އަކީ ޔޫސުފް އަލައިހި ސަލާމް❤

    50
    1
  6. ބުއްޅަބޭ

    ކޮމެންޓްކުރާމީހުން ހާދަ އަން އެޑުކޭޓެޑޭ! ރިތިކް އެބުނާ ކަމަކާ އަމިއްލަޔަށް ވާދަކުރީއެއްނޫން! އަދި ވާދަކުރިމީހުންގެ ތެރޭ އުއްމަތުގެ ނަބީބޭކަލުން ނުހިމެނޭ ދެން ކީއްވެތަ ނަބީބޭކަލުންގެ ވާހަކަ މިތަނަށް ގެންނަންޖެހެނީ!

    17
    2