ބަނޑުގައި ހިލަ އުފެދުން ނުވަތަ ކިޑްނީ ސްޓޯން އަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. މީގެ ސަބަބުން ބަނޑަށް ތަދުވެ، ބައެއް ފަހަރު އޮޕަރޭޝަން ކޮށްގެންވެސް ހިލަތަށް ނަގަން ޖެހެއެވެ. ނަމަވެސް، އެމެރިކާ އަންހެނަކު ހިލަ އުފެދިގެން ކަމަށް ހީކޮށް، ޑޮކްޓަރަށް ދެއްކުމުން އެއްމާބަނޑު 3 ކުދިން ވިހަން ޖެހިއްޖެއެވެ.

ޑެނެޓް އާއި އައުސްޓިން އަށް މީގެ ކުރިން 2 ކުދިން ލިބިފައި ވާއިރު، ޑެނެޓް ކުއްލިއަކަށް އޭނާގެ ފިރިމީހާ އާއި އެއްކޮށް ހޮސްޕިޓަލަށް ދިޔައީ ބަނޑަށް ތަދުވާތީއެވެ. ކުރިންވެސް ބަނޑުގައި ހިލަ އުފެދުމުގެ ސަބަބުން ޑެނެޓް ހީކުރީ އަނެއްކާވެސް އޭނާ އެކަންތަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ. ނަމަވެސް، ކަންތައް ވީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

ޑެނެޓް ވިހެއުމަށް ފަހު

ޑޮކްޓަރުން ބެލި ބެލުމުން ޑެނެޓް ބަނޑުބޮޑު ކަމާއި، އޭނާގެ ބަނޑު ތެރޭގައި އެއްމާބަނޑު 2 ކުދިން އޮތްކަން ހާމަވިއެވެ. ޑޮކްޓަރުން ވަގުތުން ސިޒޭރިއަން ހެދުމަށް ފަހު ދެ ޓްވިންސުން ނަގަން ބެލިއިރު ބަނޑު ތެރޭގައި އޮތީ 2 ކުދިންނެއްވެސް ނޫނެވެ. 3 ކުދިންނެވެ.

މި ހާދިޘާ އާއި ގުޅިގެން މި ދެމަފިރިން ޝޮކަށް ގޮސްފައި ވީ ނަމަވެސް، އެމީހުން ބުނާ ގޮތުން ދަރިން ލިބުމަކީ ނިއުމަތެކެވެ. އެ 3 ކުދިންނަށް މިހާރު ނަންވެސް ކިޔާފައި ވާއިރު، ޑެނެޓް ވަނީ 3 ކުދިންނާއި އެކު ގެއަށް ވެސް ބަދަލުވެފައެވެ.

ޓްރިޕްލެޓް ލިބޭކަން އަލަށް ބަނޑުބޮޑުވާ ދެމަފިރިންނަށް އެނގުމުންވެސް އެކަމަށް ތައްޔާރުވާން ގިނަ ދުވަސްތަކެއް ނަގައެވެ. ޑެނެޓް އާއި އައުސްޓަން މިހާރު އަންނަނީ 3 ކުދިންނާއި އެކު ދިރިއުޅެން އާދަކުރަމުން ކަމަށް އެމީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    ހިއް ހިއް ހާ މަށަށްވެސްލިބޭޭނެނަމަ.

    22
  2. ނަސީބު

    ހާދަހާވާ ނަސީބު ރަނގަޅޭ. މި ފަދަ ނިޢުމަތެއް މިއަޅާއަށް ވެސް ދެއްވާށި.

    23
    1