ކޮންޑަމް ރައިސް އޭ ބުނުމުން އެއީ ޖޯކެއް ހެން ގިނަ ބަޔަކަށް ހީވެދާނެއެވެ. ނަމަވެސް، ކޮންޑަމް ރައިސް ހަދާނެ އެކިއެކި ގޮތްތައް ބަޔާންކޮށް މީހަކު ފޮތެއް ލިޔެފައިވާކަން އެނގޭ ހެއްޔެވެ؟ އަދި މި ފޮތުގެ ރެސިޕީތައް ބަލައިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ރެސްޓޯރެންޓު ތަކުން އަންނަނީ ކޮންޑޮމް ރައިސް ހަދަމުންނެވެ.

މި ރެސިޕީ ފޮތް ނެރެފައި ވަނީ ޖަޕާނުގެ މީހުންނަށް އަމާޒުކޮށެވެ. އެއީ އެ ގައުމުގެ މީހުންނަނީ ރައްކާތެރިކަން ބޭނުން ނުކުރުމުގައި ދުނިޔޭގެ 3ވަނަ ގައުމު ކަމުގައި ވާއިރު، ކޮންޑޮމް ރެސިޕީތައް ނެރެ، ރެސްޓޯރެންޓު ތަކުން ކޮންޑަމް ރައިސްތައް ލިބެން ފެށުމުން މިކަމަށް އެ ގައުމުގެ މީހުންގެ މެދުގައި ހޭލުންތެރިކަން ބޮޑުވާނޭ ކަމަށް ފޮތް ލިޔުނު މީހާ ދެކެއެވެ.

"ކޮންޑަމް މީލްސް އައި ވޯންޓް ޓު މޭކް ފޯ ޔޫ" ގެ ނަމުގައި ލިޔެފައިވާ މި ފޮތުގައި ކޮންޑޮމްގެ 11 ވައްތަރެއްގެ ރެސިޕީ ހިމެނެއެވެ. މީގެ ތެރޭގައި ކޮންޑޮމް އެސްކާގޮޓް ކުކްޑް އިން ބަޓާ އާއި ކޮންޑޮމް ފްރެންޗް ޑައިނިންގެ އިތުރުން ކޮންޑޮމް ކުކީސް ފަދަ ތަފާތު 11 ރެސިޕީ އެއް ހިމެނެއެވެ.

މި ރެސިޕީތައް މިހާރު އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓު ތަކުންވެސް ލިބެމުން ދާއިރު، މިކަން އަންނަނީ ވަރަށް ހަލުވި ކަމާއި އެކު ފެތުރެމުންކަން ފާހަގަކޮށްލެވެއެވެ. މި ރެސިޕީތައް ހަދާފައި ވަނީ އަސްލު ކޮންޑޮމް ބޭނުން ކޮށްގެނެއް ނޫނެވެ.

މިއަދު ރާއްޖޭގެ ރައްޔިތުން މަޖިލިސް މެމްބަރެއްގެ ކާ ތަށި ތެރެއިންވެސް ކޮންޑަމް އެއް ފެނުން ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް، އެއީ ކޮންޑަމެއް ނޫންކަން ވަނީ ފަހުން ހާމަވެފައެވެ. ބައެއް ފަރާތްތަކަށް މިއީ ދައްކަން ހަޑި ވާހަކަ އެއް ނަމަވެސް، ކޮންޑަމް އަކީ ހަޑި އެއްޗެއް ނޫންކަން ދިވެހިންނަށް އެނގެން އެބަ ޖެހެއެވެ. އެއީ ކޮންމެ ދެމަރިފިއެއްގެ ވެސް އެންމެ ގާތް އެއް އެކުވެރިޔާ ކަމުގައި ވާއިރު، ދުނިޔޭގެ ކުރި އަރާފައިވާ ގައުމު ތަކުގައި ސްކޫލް ދައުރުން ފެށިގެން ކޮންޑަމްގެ ހަގީގަތް ކުދިންނަށްވެސް ކިޔާދޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޑަރޭ

    މަމެންގައުމުގަ މިބޭނުން ކުރަނީ އަސްލު ކޮންޑަމް ރެސިޕީސް ފޯ އިއްޒަތްތެރި މެމްބާސް.

    29
    1
  2. Anonymous

    ވަލުޖަނަވާފުންގެވާހަކަނުދައްކާ

    42
    2
  3. އ. ޖ. އ

    ކިހާ ދެރަކަމެއް.. ޝާނީ ތިއުޅެނީ މިގައުމުގައ ޒިނޭ ކުރާ ކުޑަކުދިން ނެތިގެންތަ

    55
    2
    • ތަސަރް

      ތަނަކުން ކޮންޑަމޭ ކިޔާއިރައް ޒިނޭއަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޭނގުނު.

      7
      16
  4. ޕސޓ

    ހަމަ ކޭ މީހާ އަމިއްލައަށް ކޮންޑަމް އެކޭ ކިޔާ ފަހުން އެކަން ފޮރުވަން މަތި ޖަހަން ނޫނެކޭ ބުނީމާ ލިޔާހާ އެއްޗެހި

    22
    5
  5. ވަގުތު ހޭޓަރ

    ޝާނީ މީގެ ރައިސް އެއް ތިމީހުންގެ ބޮސް ނައިފަރު ދާއިރާގެ މެންބަރަށް ވެދުމަށް އަރުވަބަލަ

    27
    5
  6. ދޮންބެ

    ކޮންޑަމް އަކީ ކޮންމެ ދެމަފިރިއެއްގެ އެންމެ ގާތް އެކުވެރިޔާ އެއްނޫން. ކޮންޑަމް އަކީ ޒިނޭކުރާ މީހުންގެ އެކުވެރިޔެއް.

    81
    5
  7. ސިއްރު ލޯބިވެރިޔާ

    ޝާނީ މަގުމަތިން ނުފެންނައްޗޭ

    23
    5
  8. ނަމަ

    ރައިސް އަކާއެކީ ހިލޭ ކޮންޑަމް ލިބޭނެތާ މިވީގޮތުން

    20
  9. ފ

    ރަނގަޅު ވާހަކައެ

    10
    3
  10. ށސޮނިފޮހެުގެ މަަންމެ

    ??

    6
    1
  11. ާޫޫ މަަަރިޔަނާ

    ކިއްޕަތި ނޫޑުލުސް މީ ޥަރަށް މީރު އެއްޗެއް ހަދާބަލަ

    21
    4
  12. ޒާ

    މިފަދަ ވާހަކަ ތައް ނޫސްތަކުގައި ނުވަތަ ސޯސަލް މީޑިއާގައި ގެނެސް ދިނުމަށްވުރެން ނުގެނެސް ދިނުން މާ ރަނގަޅު. އަހަރެމެންނަކީ މުސްލިމުން. އަދަބު އަޚްލާޤް ހުންނަށްވާނެ. އެކި ގައުމުތަކުގައި، އެކި ތަންތާ މުސްލިމުންނާއި ނުގުޅޭ އެކިކަހަލަ ކަންކަން ކުރޭވަރަށް ގިނައިން. އެވާހަކަތައް ނޫސްތަކުގައި އަހަރެމެންނާހަމައަށް ގެނެސް ނުދިނަސް އެންމެރަގަޅު. އެއީ ލަދު ކަންކަން.

    53
    2
  13. ހުސޭނުބޭ

    މިދެން ކިހާ ދެރަކަމެއް! ތަނަކު މީހަކު ހަޑިއެއްހާވާއިރަށް އެޔެއް ޖެހޭތަ އަހަރެމެންގެ ތެރެއަށް ގެންނަން! ދެންހަމަ ބްރާ ރައިސްއޭ ކިޔާފައި ބްރާއެއްގެ ތެރެއަށް ފްރައިޑް ރައިސް އަޅައިގެން ކާންވީތަ؟

    38
    4
  14. ވެއިޓް

    ???????

    2
    2
  15. ރައްޔިތުމީހާ

    ބަޔަކަށް މިވާހަކަ ހަޑިވާހަކަޔަކަށް ނުވިޔަސް އަހަރެމެއްނަށް މީ ހަޑިވާހަކައެއް މިފަދަ ހަބަރުތަށް ނޫސްތަކުގައި ނުލިޔުމަށްއެދެން ރާއްޖޭގައި ޑޮކުޓަރ ގެ ބޭސްސިޓީއަށް ނޫނީ ކޮންޑަމް ނުވިއްކާގޮތަށް ހަދަންޖެހޭ ރާއްޖޭގައި ޒިނޭ އާއްމުވުމުގައި ކޮންޑަމް ބޭސްސިޓީއާ ނުލާ ވިއްކާތީ ވަރައްފަށޭހަވެ ބަލިވެއިނދެފާނެތި ބިރުނުގަނެ ޒިނޭކުރޭ....

    10
    1