މަޝްހޫރު އެކްޓާ އަދި ވްރެސްލާ ޑްވޭން ޖޯންސަން (ރޮކް) ހަވާއީގައި ކައިވެނި ކޮށްފިއެވެ.

ރޮކް ކައިވެނި ކޮށްފައި ވަނީ އޭނާ ލޯބީގެ ގޮތުން ގިނަ އަހަރު ތަކެއް ވަންދެން ގުޅިގެން އުޅުނު މިއުސިޝަން ލައުރެން ހާޝިއަން އާއެވެ. ހަވާއީގައި ބޭއްވުނު ސިއްރު ރަސްމިއްޔާތެއްގައި އިއްޔެ މި ދެ މީހުން ކައިވެނި ކޮށްފައި ވާއިރު، ރޮކް މިކަން ހާމަ ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގެ ޒަރިއްޔާއިންނެވެ.

އުމުރުން 47 އަހަރުގެ ރޮކް އާއި 34 އަހަރުގެ ލައުރެން ދިމާވެފައި ވަނީ 2006ވަނަ އަހަރު ރޮކް ކުޅެމުން ދިޔަ ފިލްމް "ގޭމް ޕްލޭން" ގެ ތެރެއިންނެވެ. މީގެ ކުރިން ރޮކް ޑެނީ ގާސިއާ އާއި ކައިވެނި ކޮށްގެން އަންހެން ކުއްޖަކު ލިބިފައި ވީ ނަމަވެސް، 2007ވަނަ އަހަރު އެ ދެމީހުން ވަނީ ވަރިވެފައެވެ. މިހާރު އެ ކުއްޖާ އަށް ވަނީ 18 އަހަރު ވެފައެވެ.

ކުރީގެ އަނބިމީހާ ވަރިކުރުމަށް ފަހު ރޮކް އާއި ލައުރެން 2007ވަނަ އަހަރުގައި ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އެ މީހުން ކައިވެނި ކުރީ އިއްޔެ ނަމަވެސް، ރޮކް އާއި ލައުރެންގެ ދެ ކުދިން ތިބެއެވެ. އެއީ 2015ވަނަ އަހަރު ލިބުނު ޖޭސްމިން އާއި މިދިޔަ އަހަރު ލިބުނު ޓިއާރާ އެވެ.

ދާދި ފަހުން ރަސްމީ ރެސްލިން ކުޅުމުން ރިޓަޔާ ކުރި ރޮކްގެ ކައިވެނީގެ ހަބަރު ލިބުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުން އަންނަނީ ކައިވެންޏަށް މަރުހަބާ ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު

    ދައްޖާލު ބައިގަނޑުގެ ޝައިޠާނެއް ހަފުސްކޮށްފަ 2 ދަރިން ލިބުނީމަ ދެންތަ ކައިވެނި ކުރަނީ ، މީ ކޮން ދީނެއްގެ ބައެއްތަ ގިނަފަހަރަށް އޮންނާނީ ކްރިސްޓިއަނެއްގެ ނަމުގަ ބޯ ގިނަކުރަން

    18
    4