ހިމާޔަތް ކޮށްފައިވާ ފެހުރިއްސެއްގެ މައްޗައް އަރައި، ދެ މީހަކު އޭތި އަހަކަށް ހަދައިފިއެވެ.
މެކްސިކޯގައި ހިނގި މި ހާދިސާ އާއި ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް އަދި ލިބިފައި ނުވި ނަމަވެސް، މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ޓޫރިސްޓެއް ކަމަށް ބެލެވޭ މީހަކާއި، އޭނާގެ ޓުއާ ގައިޑް ބޯޓުގައި އައްސާފައި އޮތް ވަލެއް ބޭނުން ކޮށްގެން، އެ ދެ މީހުން ވަނީ ވޭލްގެ މައްޗައް އަހެއް ފަދައިން އަރައިފައެވެ.
ދުނިޔެއިން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ ފެހުރިއްސަކީ ދުނިޔޭގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ޖަނަވާރެވެ. ސްކޫލް ބަހެއްގެ ދިގުމިން ހުންނަ ފެހުރިއްސަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެއް ކަމުގައި ވީ ނަމަވެސް، މެކްސިކޯގެ ގާނޫނު ބުނާ ގޮތުން އެ އެއްޗެއްސާއި މާ ބޮޑަށް ކައިރިވެ، އަތްލާ ހެދުމަކީ ގާނޫނީ ކުށެކެވެ.
މި މީހުން ކޮށްފައިވާ ކަންތައް މިހާރު މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އަންނަ އިރުގައި، މި އަމަލުގެ ސަބަބުން އެމީހުން ޖަލު ހުކުމަކާއި ވެސް ކުރިމަތިލާން ޖެހިދާނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފެހުރިއްސަކީ އިންސާނުންނަށް އެއްވެސް ކަހަލަ ގޯނާ އެއް ނުކުރާ އެއްޗަކަށް ވުމުން ބައެއް މީހުން އޭގެ ނާޖައިސް ފައިދާ އަންނަނީ ނަގަމުންނެވެ. އަދި ޗައިނާ ފަދަ ގައުމުތަކުން އޭގެ ހަންގަޑާއި ތެލުގެ ބޭނުމުގައި ގިނަ އަދަދަކަށް ފެހުރިހި މަރައެވެ.
އައީ
ވޭލްޝަކެއްގެ ކންތައް ބޮޑުވެގެން އުޅޭއިރު ދާދި މިދާކަށްދަވަހަކު މެކްސިކޯގައި އަންހެނަކު ހޮސްޕިޓަލަށް ނުވައްދައިގެން އެފަކީރު މަގުމައްޗަށް ވިހައިފި! މި ނުވޭދޯ ކަމަކަށް؟
ދުނިޔޭގައި އުޅޭ އެންމެ ބޮޑު ޖަނަވާރަކި ބްލޫ ވޭލް.
ދެތު ވާހަކަ އެއް. ޢެކަމަކު ހަބަރުގެ އެ އޮތީ މިޔަރުގެ ބާވަތޭ.
ފެހުރިހި އަހަކަށް އަދި އަލަށް ތިބަދަލުވީ...