ގިނަ ބަޔަކު ބަލަމުން އަންނަ މަޝްހޫރު ސީރީސް އެއްކަމަށްވާ "ފްރެންޑްސް" ގައި އުޅޭ ތަރި ޑެވިޑް ޝްވިމާ (ރޮސް) އާއި ވައްތަރު މީހަކު ޖަލަށް ލައިފިއެވެ.

ވައްކަމުގެ މައްސަލާގައި މަޝްހޫރު ސީރީސް އެއް ކަމަށްވާ "ފްރެންޑްސް" ގައި އުޅޭ ތަރިއަކާއި ވައްތަރު މިމީހާ ވަނީ 9 މަހަށް ޖަލަށް ލައިފައެވެ. އޭނާ ވައްކަން ކުރި މައްސަލާގައި އިނގިރޭސި ފުލުހުން އޭނާ ހޯދާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އޭނާ ވައްކަން ކޮށްފައިވަނީ ވަގަށް ނަގާފައިވާ ކޭޝް ކާޑަކުން އިނގިރޭސިވިލާތުގެ ބްލެކްޕޫލްގައި ހުންނަ ގްރޮސެރީ ސްޓޯރަކުންނެވެ. އެ ކާޑު އޭނާ ނަގާފައިވަނީ ރެސްޓޯރެންޓެއްގެ ބުފޭ އެއްގެ ކިއުގައި ހުރެގެން ކުރިމަތީ ހުރި މީހާގެ ކޯޓުން ކަންވެސް މިހާރު ވަނީ އެނގިފައެވެ.

އަބްދުﷲ ހުސެއިނީ ނަމަކަށް ކިޔާ މިމީހާ ވައްކަން ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތެރުމުން ދަނިކޮށް އާންމުންގެ މީހަކު ވަނީ "ފްރެންޑްސް" ސީރީސްގައި އުޅޭ މަޝްހޫރު ތަރި ޑެވިޑް ޝްވިމާއަށް ފެންނާނެހެން ޓެގްކޮށް ޝެއާ ކޮށްފައެވެ. އެވީޑިއޯ މިލިއަނަށް ވުރެ ގިނަ ބަޔަކު ވަނީ ޝެއާ ކޮށްފައެވެ.

އެ ވީޑިއޯ ފެނުމުން އޭނާ ވަނީ އޭނާގެ ވިޑިއޯ އެއް ފުލުހުންނަށް ފެންނަހެން ސޯޝަލް މީޑިއާއަށް ލައިފައެވެ. އަދި އޭނާ ވަނީ ވައްކަން ކޮށްފައިވަނީ އޭނާ ނޫންކަމަށާއި އޭނާ ހުރީ ނިއުޔޯކުގައި ކަމަށް ބުނެފައެވެ. ޓްވިޓާ މެދުވެރިކޮށް އޭނާ ކޮށްފައިވާ ޕޯސްޓަށް އިނގިރޭސި ފުލުހުން ވަނީ ޖަވާބުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޭޗަލް

    އެވާނީ ރަސް އަށް 🙂

    2
    1