އިންޑިއާގެ އުއްތަރްޕްރަދޭޝްގެ މީރަތްއަށް ނިސްބަތްވާ މީހަކު، އޭނާގެ އަނބިމީހާ ކައިރިން ވަރިވާން އެދި ފެމަލޯ ކޯޓަށް މައްސަލަ ހުށަހެޅީ އަނބިމީހާ އަބަދު އެކައްޗެއް ކާން ދޭތީ ކަމަށް ބުނެއެވެ.

އެ ފިރިހެން މީހާ ބުނިގޮތުގައި އޭނާގެ އަނބިމީހާ އޭނާއަށް ކާން ދެނީ ލައްޑޫ ކަމަށާއި، އެ ކައިކައި މިހާރު ފޫހިވެއްޖެ ކަމަށެވެ.

އެ ފިރިހެން މީހާ ކޯޓުގައި ބުނީ، އޭނާއަށް ހެނދުނު ގަޑީގައި ކާން ދެނީ ހަތަރު ލައްޑޫ ކަމަށާއި، ރޭގަނޑުވެސް ކާންދެނީ ލައްޑޫ ކަމަށެވެ. އިތުރު އެހެން އެއްޗެއް ކާން އޭނާއަށް ހުއްދަ ނޯންނަކަމަށް އޭނާ ބުންޏެވެ.

މި ދެމަފިރިންނަކީ 10 އަހަރުވަންދެން ކައިވެނިކޮށްގެން އުޅުނު ދެ މީހުންނެވެ. ދެ މީހުންގެ ތިން ދަރިންވެސް ތިބެއެވެ.

އޭނާ ބުނިގޮތުގައި، އަނބިމީހާ އޭނާއަށް ލައްޑޫ ކާން ދެނީ ރޫހާނީ ކަންތައްތަކާއި ދުރުކުރުވާށެވެ. އެހެން ނަމަވެސް އެފަދަ ކަމެއް އެ މީހުންގެ ދިރިއުޅުމުގައި ވެފައިނުވާކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކައުންސިލިންގެ އެހީ ހޯދުމަށްވެސް އެދުނެވެ. އެހެން ނަމަވެސް އެ އަންހެން މީހާއަށް ކައުންސިލިން ނުދެވޭނެ ކަމަށް އެ މީހުން ވަނީ ބުނެފައެވެ.

"އެ އަންހެން މީހާ ގަބޫލުކުރާގޮތުގައި، ފިރިމީހާ ރޫހާނީ ކަންތައްތަކުން ސަލާމަތް ކުރެވޭނީ ލައްޑޫ ކައިގެން". އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު