ދަންނަ މީހަކު ރަނގަޅު މޫޑެއްގައި ހުރެފައި ކުއްލިއަކަށް ދެރަވާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ، އެކަމުން އެ ދައްކުވައިދެނީ އެ މީހާ ކޮންމެވެސް އެހެން މީހެއް މަތިން މާ ބޮޑަށް ހަނދާންވެ، މިސް ވާ ކަމެވެ.
ލޯބިވެރިޔާ އުޅެނީ ތިމާ އާއި ދުރުގައި ނަމަ، މިސް ވުމަކީ ހަމަ ގައިމުވެސް ވާނޭ ކަމެކެވެ. ރިލޭޝަންޝިޕްގެ ހާލަތުގެ ގޮތުން އެކި މީހުން އެކި ވަރަށް މިސް ވާ އިރު، ލޯބިވެރިޔާ މަތިން މިސް ވުމުން ގިނަ މީހުން ލޯބިވެރިޔާ އާއި ބައްދަލު ކުރާނީއެވެ. ނަމަވެސް ދުރުގައި އުޅޭ ދެ މީހެއްނަމަ، މިފަދަ ގޮތަކަށް ކުއްލިއަކަށް ދެރަވުން އެއީ އާއްމު ކަމެކެވެ. ނަމަވެސް މިހެން ވަނީ އެމޯޝަނަލީ އެހައި ސްޓޭބަލް ނޫން މީހުންނަށެވެ.
ސްޓޭބަލް މީހުން މިސް ވުމުން، ލޯބިވެރިޔާ އަށް އިތުބާރު ކޮށް، އެ މީހުން ބުނާ ވާހަކަތައް ގަބޫލުކޮށް ވަރަށް އަވަހަށް ބައްދަލު ވާނެ ކަމުގެ އުއްމީދުގައި އުފާވެގެން ހުރެއެވެ. ދެން ފަހަރަކުން ތިމާގެ ރަހުމަތްތެރިޔަކު ކުއްލިއަކަށް މޫޑް ބަދަލުވާނަމަ، މިކަމާއި މެދު ވިސްނާލައި އެމީހުންގެ ހާލަތު ދެނެގަންނާށެވެ. އަދި ދުރުގައި ތިބެ ލޯބީގެ ގުޅުން ކުރިއަށް ގެންދެވޭނަމަ، ދެ މީހުން އެއްތަން ވުމުން އެ ގުޅުން އެއްވެސް މީހަކަށް ދުރު ނުކުރެވޭނޭކަން ވިސްނުވައިދީ ހިތްވަރު ލައިދޭށެވެ.
ހިތް ތައް ހަމަޖެހެނީﷲ ގެމަތިން ހަނދާން ކުރުމުންނެވެ.ﷲމަތިން ހަދާންކުރާ މީހާގެ މޫނު އުޖާލާ ވެފައިވާތީ ތިބާ ދެކޭނެއެވެ.
ހަމައެކަނި ލޯބިވެރިޔާ މަތިންތަ މިސްވަނީ؟