ތިއީ ވަރަށް ގިނައިން ތަންތަނަށް ދަތުރު ކުރާ މީހެއް ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ މަޝްހޫރު ޕޮޓޭޓޯ ޗިޕް ރޮކް އެނގިދާނެއެވެ. އެއީ އެމެރިކާގެ ސެން ޑިއޭގޯ ގައި ހުންނަ ތަނެކެވެ. އެތަނަށް އަރައި ފޮޓޯ އެއް ނަގާލަން ކެރެނީ މަދު ބަޔަކަށް ނަމަވެސް، އެއީ ހަނދާނުން ފޮހެލަން ދަތި ތަޖުރިބާ އަކަށް ވާނެއެވެ.

ޕޮޓޭޓޯ ޗިޕް ރޮކަށް އަރަން ބޭނުން ވިއަސް އެކަން ވަނީ މަދު ބަޔަކަށެވެ. އެއީ ކޮންމެ މީހަކަށް ހައިކް ނުކުރެވޭތީއެވެ. 4 ވަރަކަށް ގަޑިއިރުގެ ދިގު ހައިކެއް ކޮށްފައި ފަރުބަފަ ބައްޗައް އަރަން ޖެހޭ އިރު، އެއީ މީހާ ވަރަށް ބޮޑަށް ވަރުބަލި ކޮށްލާ ކަމެކެވެ. ނަމަވެސް، ފިޓް ކޮށް ތިބޭ މީހުން މި ފަރުބަދަ މައްޗައް އެރުމުން، އެ މީހުންގެ އުނދަގޫ ދަތުރު ފަސޭހަ ވެގެން ދަނީ ޕޮޓޭޓޯ ޗިޕް ރޮކްގެ ހިތްގައިމު މަންޒަރުންނެވެ.

ޕޮޓޭޓޯ ޗިޕް ރޮކުގައި މީހަކު އެލިގެން

ޕޮޓޭޓޯ ޗިޕެއްހެން އިންނަ މި ގާ ގަނޑު ފެނިފައި ދެންމެ ދެންމެ ބިންދައިގެން ގޮސްދާނެހެން އެތައް ބަޔަކަށް ހީވެއެވެ. އެ ގާ މަތީ އިންނަ އިރު، އެހެން މީހުން ހިނގާ އިރަށް އެ ގާ ވައިބްރޭޓް ވެސް ވެއެވެ. ނަމަވެސް، އެތައް އަހަރެއް ވެފައިވާ އިރުވެސް، އެ ގާ އަދި ވެއްޓިފައެއް ނުވެއެވެ.

މައުޓް ވޫޑްސަންގައި އިންނަ ޕޮޓޭޓޯ ޗިޕް ރޮކް ފެނިފައި ވެއްޓިދާނެ ކަމަށް ބިރުން ބައެއް މީހުން ނާރަފާނެއެވެ. އެކަމަކު އެނގެން ޖެހޭ އެ ގާ ބިންދައިގެން ދިޔަ ނަމަވެސް ވެއްޓޭނީ އެންމެ ފްލޯ އެއް މަތިން ކަމެވެ. އެއީ އެ ގާ ގަނޑުގެ ދަށުން ތިރީގައި ގަހެއްވެސް ހެދިފައި އިނީމައެވެ.

ޕޮޓޭޓޯ ޗިޕް ރޮކް

މިކަން މިހެން އޮތް އިރުވެސް، ގިނަ މީހުން ދެކޭ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބިރުވެރި ޕޮއިންޓެެވެ. ތިއީ ޕޮޓޭޓޯ ޗިޕް ރޮކަށް އަރަން ކެރޭ ވަރުގެ ހިތްވަރު ހުރި މީހެއް ހެއްޔެވެ؟