ޗުއްޓީގައި ކުދިން އުޅޭނީ ކުޅިވަރު ކުޅުމާއި، މަޖަލުގައެވެ. އަދި ރެސްޓް ކުރުމުގައެވެ. އެހެން ނަމަވެސް އެ ހުރިހާކަމަކުން ދުރުވެ ހުރިހާ ގަޑިއެއްގައި ފޯނާއި ކުޅެން އިން ޗައިނާގައި އުމުރުން 10 އަހަރުގެ ކުއްޖަކަށް މި ވަނީ ހިތާމަވެރި ކަމެއް ދިމާވެފައެވެ. އެކަމުގެ ސަބަބުން އޭނާގެ ލޯ މިހާރު ވަނީ އަވަރުވެފައެވެ. ސަބަބެއް ކަމަށް ޑޮކްޓަރުން ބުނީ، ކޮންމެ ދަުވަހަކު އެތައް ގަޑިއިރު ވަންދެން ފޯން ބޭނުންކުރާތީއެވެ.

އެ ކުއްޖާގެ ބައްޕަ ބުނިގޮތުގައި، ޗުއްޓީގައި ކޮންމެ ދުވަހަކު ދަރިފުޅު 10 ގަޑިއިރު ވަންދެން ފޯން ބޭނުން ކުރެއެވެ. ބައްޕަ ދޭ ނަސޭހަތަށް ބެލުމެއް ނެތި ކޮންމެ ދުވަހަކު އޭނާ ފޯނާއި ކުޅެމުން ދަނީ ބައްޕައަށް ނޭގިއެވެ. ބައްޕަ ހުންނަ ގަޑިިތަކުގައި އޭނާ ފޯނާއި ކުޅެ ނަހަދައެވެ.

އެންމެ ފަހުން ދަރިފުޅުގެ ލޮލުގައި މައްސަލަ ތަކެއް ހުންނަ ކަން ބައްޕައަށް ފާހަގަވެގެން ޑޮކްޓަރަށް ދެއްކުމުން ދަރިފުޅުގެ ލޯ އަވަރުވެފައިވާކަމަށް ޑޮކްޓަރުން ބުނި، ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އެ ކުއްޖާ ބެލި ޑޮކްޓަރު ވަނީ އެ ކުއްޖާ އަތަށް ފޯނު ނުދީ ތިން މަސް ދުވަސް ވަންދެން ގެންގުޅުމަށް ނަސޭހަތްތެރިވެފައެވެ.

ޅަ އުމުގައި ކުދިންނަށް ފޯން ފަދަ އެއްޗެހި މަދުން ދިނުމަށްވެސް ޑޯކްޓަރަރުން ނަސޭހަތްތެރިވެއެވެ. އެހެން ނޫނީ ކުޑައިރު ލޮލުގެ މައްސަލަތައް ދިމާވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

އެ ކުއްޖާ ވަނީ އޭނާއަށް ފޯނާ ނުލާ ނޫޅެވޭނެ ކަމަށް ޑޮކްޓަރުންގެ ގާތުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު