އަހަރެމެން ދިވެހިންގެ ތެރޭގައިވެސް މިހާރު ހަރުލަމުން އަންނަ އެންމެ ނުބައި އެއް އާދަޔަކީ ގިނަ އިރު ނިދުމެވެ. ބައެއް މީހުން މިކަމަކީ ވަރަށް ސަޅި ކަމެއް ހެން ހީވި ނަމަވެސް، އެންމެ ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުން 10 ގަޑި އިރަށް ވުރެން ގިނައިން ކޮންމެ ރެއަކު ނުވަތަ ދުވަހަކުވެސް ނިދާނަމަ، އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑެވެ.

ނިންޖާއި ބެހޭ މާހިރުން ބުނާ ގޮތުން އިންސާނުން ނިދަން އެންމެ ރަނގަޅީ 6-8 އިރެވެ. ނަމަވެސް އިސްލާމް ދީނުން އަހަރެމެންނަށް އެނގޭ ގޮތުގައި އަވަހަށް ނިދާފައި، އަވަހަށް ހޭލައި، ކޮންމެ ރެއަކުވެސް 6 ގަޑި އިރުގެ ނިދި ލިބުމުން ހުންނާނީ ރަނގަޅަށެވެ.

ނިދަން އޮތް އަންހެނެއް

ދުނިޔޭގެ ކަންކޮޅު ތަކުން 3 މިލިއަން މީހުން ބައިވެރި ކޮށްގެން ހެދި މި ދިރާސަ އިން މަދުން ނިދާ މީހުންނާއި އަޅާ ބަލާ އިރު، 10 ގަޑި އިރަށް ވުރެން ގިނައިން ނިދާ މީހުން އަވަހަށް މަރުވުމަށް 30%ގެ ފުރުސަތެއް އޮވެއެވެ.

މީގެ އިތުރުން، ގިނަ އިރު ނިދުމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު 56%ށް ބޮޑުވެގެން ދާއިރު، ކާޑިއޯވަސްކިއުލާގެ މައްސަލަތައް ޖެހުމުގެ 39% ފުރުސަތު އޮވެއެވެ. މި ހުރިހާ ކަންކަމަކީވެސް މީހާ އަވަހަށް މަރުވުމަށް މަގުފަހި ކުރުވާ ކަންތައްކަން ފާހަގަކޮށްލެވެއެވެ.

ތިއީ ގިނައިރު ނިދާ މީހެއް ކަމުގައި ވަނީނަމަ، އެ ނުބައި އާދަ ދޫކޮށްލަން ވިސްނާށެވެ. ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް ޒުވާން އުމުރުގައި މީހުން މަރުވަމުން ދާއިރު، މިފަދަ ކަންކަމަކީ އޭގެ ފަހަތުގައިވާ ސަބަބު ކަމުގައިވެސް ވުން އެކަށީގެން ވެއެވެ.