މަދުން ނޫނީ ނުފެންނަ ބާވަތެއް ހަރުފައެއް އިންޑިއާގެ އޮޑިޝާ މީހެއްގެ އަތުން މިއަދު ފެނިއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާއަކީ މީހުންނަށް ހަރުފަ ދައްކައިގެން އެކަމުން މަންފާ ހޯދަމުން އަންނަ މީހެކެވެ. އޭނާގެ އަތުން ފެނުނު ހަރުފަ ދޫކޮށްލުމަށް ފޮރެސްޓް ޑިޕާޓްމެންޓުން ވަނީ ނިންމާފައެވެ.

އެ މީހާ އެ ހަރުފަ ގެންގުޅުނު މައްސަލަ ދަނީ ބަލަމުންނެވެ. އެގޮތަށް ހަރުފަ ގެންގުޅުމަކީ އިންޑިއާގެ ވައިލްލައިފް ޕްރޮޓެކްޝަންގެ ދަށުން މަނާކަމެއް ކަމަށް ފޮރެސްޓް ޑިޕާޓްމެންޓުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

"ފްލައިންގ ސްނޭކް"ގެ ނަމުން ނަން ދީފައިވާ އެ ހަރުފައަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ހަރުފައެކެވެ. އާއްމުކޮށް ސައުތް އީސްޓް އޭޝިއާ ސަރަހަައްދުގައި މި ބާވަތުގެ ހަރުފަ ފެންނަ ކަމަށް ވެއެވެ.

މި ހަރުުފައަކީ އެހާ ވިހަގަދަ ހަރުފައެއް ނޫނެވެ. އަދި އެއީ އިންސާނުންނަށް ނުރައްކާތެރި ބާވަތެއްގެ ހަރުފައެއް ނޫން ކަމަށްވެސް ވެއެވެ. މި ބާވަތުގެ ހަރުފަ އާއްމުކޮށް ޝިކާރަ ކުރަނީ ބޮޑަށާއި، ދޫންޏަށާއި، ވާ އަދި ބޮށް ފަދަ އެއްޗެއްށެވެ.

ކިޔުންތެރިންގެ ހިޔާލު