އޯޕެންއާމްސްއިން އޮޕަރޭޓްކުރަމުން އަންނަ ބޯޓެއްގައި ދަތުރުކުރަމުން ދިޔަ ބައެއް ދަތުރުވެރިނަށް ބޯޓުގައި ކެތްނުކުރެވިގެން މޫދަށް ފުންމާލައިފިއެވެ.

އޯޕަންއާމްސްގެ ބައެއް ފަރާތްތަކުން ބުނީ މޫދަށް ފުންމާލި ދަތުރުވެރިން ސަލާމަތްކުރުމުގެ މަސައްކަތުގައި އިޓަލީގެ ކޯސްޓުގާޑުން ޚަރަކާތްތެރިވަމުން ދަނިކޮށް އިތުރު މީހަކު މޫދަށް ފުންމާލާފައިވާކަމަށެވެ. އަދި އޭނާ ސަލާމަތްކޮށް އަނބުރާ ބޯޓަށް ނަގަން އުޅުމުން، އޭނާ އެކަމާ ދެކޮޅު ހަދާފައިވާކަމަށެވެ.

މޫދަށް ފުންމާލި ފަތުރުވެރިން ފަތާފައިވަނީ 100 މީޓަރު ދުރުގައި އޮންނަ އިޓަލީގެ ރަށަކާއި ދިމާއަށެވެ.

ސްޕެއިންގެ ނޫސްވެރިއަކު ޓީވީއީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބޯޓުން ފުންމާލި ދަތުރުވެރިން ތިބީ ކެތްމަދު ވެފައިކަމަށެވެ.

"އެ 15 މީހުންވެސް އުޅުނީ ކެތްމަދުވެ މޮޔަވެގެން" އޭނާ ބުންޏެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެހުރިހާ އެންމެންވެސް ތިބީ އޮރެންޖް ކުލައިގެ ރިންގް އަޅުވައިގެން މޫދުގައެވެ.

ބޯޓުގެ އިސް ފަރާތަކުން ބުނެފައިވަނީ ބޯޓުގެ ހާލަތު އެ ވަގުތު ހުރީ ވަރަށް އިންސާނިއްޔަތު ކުޑަކޮށްކަމަށެވެ. ބޯޓުގައި ހުރި 2 ފާހަނާގެ ކިއުޖެހިފައި އޮތުމުން ބައެއް ދަތުރުވެރިން ފާހަނާ ކޮށްފައިވަނީ ކެއުމަށް ބޭނުން ކުރާ ސަރަހައްދަށް ކަމަށެވެ.

ބޯޓު މަންޒިލަށް ދާން ފުރުމުގެ ކުރިން ދަތުރަކީ ދިގު ދަތުރެއްކަމަށާއި ބައެއް ކަހަލަ އުނދަގޫތައް ދިމާވެދާނެ ކަމަށް ބުނެފައިވާކަމަށް ބޯޓުގެ އިސްވެރިއަކު ވަނީ ބުނެފައެވެ. މިބުނުމަށް ސްޕެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވެފައިވަނީ ދަތުރުމަތީގެ ކެއުމާއި ތެލުގެ ހަރަދު ދޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަޅުކަލޯ

    ކޮންކަމަކާ ބާ ކެތްމަދުވެ މޮޔަވީ؟

    55
    1
    • މޮޔަ

      މަށަށް ވެސް ތިޔެއް ހަމަނޭނގުނު

      45
      2
  2. ާަުުަައަހުމަދު

    ފާހާނާ ކުރަން މޫދައް ފުންމާލީ

    19
    1