މި ދުނިޔޭގައި 7 ކޮންޓިނެންޓު ނުވަތަ ބައްރު އޮންނަ ކަމީ އެންމެނަށްވެސް އެނގޭ ކަމެކެވެ. ނަމަވެސް އެތަނުން އެއް ބައްރުގައި ހުންނަނީ އެންމެ 2 އޭޓީއެމް ކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟

ސައުތް އެމެރިކާ، ނޯތް އެމެރިކާ، ޔޫރޮޕް، އެފްރިކާ އަދި އެންޓާޓިކާގެ އިތުރުން އޭޝިޔާ އާއި އޮސްޓްރޭލިއާ ނުވަތަ އޯޝިއާނާ ހިމެނޭ ހެން 7 ބައްރު ވާއިރު، މި ހުރިހާ ކޮންޓިނެންޓެއްގައިވެސް މީހުން ދިރިއުޅެއެވެ. ނަމަވެސް، އެތަނުން އެންމެ އެންމެ އާބަދީ ބޮޑީ އޭޝިއާ ކަމުގައި ވާއިރު، އެންމެ މީހުން މަދުވެފައި 2 އޭޓީއެމް ހުންނަނީ އެންޓާޓިކާގައެވެ.

މެކްމާޑޯ ސްޓޭޝަން

މައިނަސް 10 ޑިގްރީ އާއި މައިނަސް 60 އާއި ދޭތެރޭ އެންޓާޓިކާގެ ފިނިހޫނުމިން ހުންނަކަމުން، އެތަނުގައި ދިރިއުޅެމުން އަންނަނީ ތަހުލީލުތައް ކުރުމަށްޓަކައި އެތަނަށް ދާ ސައިންސްވެރިން އެކަންޏެވެ. ދުނިޔޭގެ 30 ގައުމަކުން ޖުމްލަ 1000-4000 އާއި ދޭތެރޭ މީހުން ކޮންމެ އަހަރަކުވެސް އެންޓާޓިކާގައި ތިބޭ އިރު އެ މީހުން ދިރިއުޅެމުން އަންނަނީ 70 ބޭސް އަކަށް ބަހައިލައިގެންނެވެ. މި ތަނުގައި ފިނިހޫނުމިން ކޮންޓްރޯލް ކޮށްފައި ހުރުމުން ފަސޭހައިން އުޅެވެއެވެ.

ނަމަވެސް، ދުނިޔޭގެ 5 ވަނަ އަށް އެންމެ ބޮޑު ބައްރު އެންޓާޓިކާގައި ހުންނަނީ އެންމެ 2 އޭޓީއެމް އެވެ. އެ ބައްރުގައި އެންމެ ގިނައިން މީހުން އުޅޭ ހިސާބު، މެކްމާޑޯ ސްޓޭޝަންގައި އެމެރިކާގެ ވެލްސް ފާގޯ ބޭންކުން ދެ އޭޓީއެމް ބަހައްޓާފައި ވާއިރު، އެ ބޭންކުން ވަނީ ދުނިޔޭގެ އެންމެ ދެކުނުގައި ހުންނަ އޭޓީއެމްގެ ރެކޯޑު ހަދައި ގިނިސް ރެކޯޑު ފޮތުން ޖާގަވެސް ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.

މެކްމާޑޯ ސްޓޭޝަން

މެކްމާޑޯ ސްޓޭޝަނަށް ޒިޔާރާތް ކުރަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތުވެސް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު