އިންސްޓަގްރާމްގައި އެތައް ބައެއްގެ މަގުބޫލްކަން ހޯދާފައިވާ މޮޑެމްއެއް ކަމަށްވާ އެކަޓެރީނާ ކަޓާ ބޮކޯވާ އަށް ކޮންމެ ދުވަހެއް ވެސް އައީ ވަރަށް އުފާވެރި ކަމާއި އެކުއެވެ. އެކި ރިސޯޓްތަކުންނާއި ހޮޓާތަކުން "އުފާތައް" ހޯދަމުން ދުނިޔެ ބަލާލަން އޭނާ ދަތުރު ކުރަމުން ދިޔައީ މާބޮޑު ފިކުރެއް ކުރުމެއް ނެތިއެވެ.

ނަމަވެސް ކުއްލިއަކަށް މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ ޗެކް ރިބަޕްލިކްގެ ހޮޓަލެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ގޮތް ނޭނގޭ ބަޔަކު އޭނާ މަރާލަން މަސައްކަތް ކުރުމުންނެވެ. ކަޓާ ޗުއްޓީ ހޭދަކުރަމުން ދިޔަ ކޮޓަރިތެރެއަށް ވަން ދެމީހަކު ވަނީ ހޮޓަލުގެ ކުޑަދޮރުން ކަޓާ ވައްޓާލާފައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ނަސީބު ރަނގަޅު ކަމުން މަރުން އޭނާ ސަލާމަތްވިއެވެ. 33 ފޫޓް މަތިން ވައްޓާލުމުން ލިބުނު އަނިޔާތަކަށް ކޯމާއެއްގައި ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ. މެއި މަހު ހިނގި ހާދިސާ އާއި ގުޅިގެން "މަރުގެ ރަހަ" ލުމަށް ފަހު ސަލާމަތްވި ނަމަވެސް އަދި ކަޓާ އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ކަޓާ ބުނާ ގޮތުގައި އޭނާ މަރާލަން ބަޔަކު މަސައްކަތް ކުރީ މީގެ ކުރިން ފުޓްބޯޅަ ކުޅުންތެރިންތަކެއް މީހަކަށް ހަމަލާދީ މަރާލި މަންޒަރު ކަޓާއަށް ފެނިފައި ވާތީއެވެ. އެމައްސަލައިގައި ހިމެނޭ ބަޔަކު ކަޓާ މަރާލަން މަސައްކަތް ކުރަނީ ކަމަށް ކަޓާ ބުނެއެވެ.

ނަމަވެސް އަދި މިހާތަނަށް ފުލުހުން ބުނެފައި ވަނީ ކަޓާ ވެއްޓުނު ހާދިސާއަކީ އެކްސިޑެންޓެއް ކަމަށެވެ.

ކަޓާ އާއި އޭނާގެ ރަހުމަތްތެރިން ގެންދަނީ އިންސާފު ހޯދުމަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު