އަޔަލޭންޑްގެ ޑަންޑްރަމްގައި އުމުރުން 14 އަހަރުގެ މުސްލިމް ކުއްޖެއްގެ ބުރުގާ ބޭލުވުމަށް ފަހު އެކުއްޖާ އަށް އަނިޔާކޮށްފިއެވެ.

މިކަން ކޮށްފައި ވަނީ އަންހެން ކުދިންތަކަކާއި ފިރިހެން ކުދިންތަކެއް ހިމެނޭ ގޭންގަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން ކުއްޖާ އަށް އަނިޔާކުރި ގޭންގުން ވަނީ އެކުއްޖާ އާއި އޭނާގެ އެކުވެރިއެއްގެ ގަޔަށް ފުރަތަމަ ބިސް ޖަހާފައެވެ. އެއަށް ފަހު މުސްލިމް ކުއްޖާ ވައްޓާލާ، އެކުއްޖާގެ ބުރުގާ ބާލުވާ ހުތުރު ބަހުން ވާހަކަ ދައްކާފައިވެއެވެ.

މިހާދިސާގެ ވީޑިއޯ އާއްމު ކުރި ފަރާތުން ބުނީ ވީޑިއޯއިން ފެންނަނީ އޭނާގެ ކޮއްކޮ އާއި ދެބެންދެދަރި ކުއްޖެއް ކަމަށެވެ.

މިހާދިސާގެ ވީޑިއޯ އާއްމުވުމާއި ގުޅިގެން އަޔަލޭންޑްގެ ރަސްމީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގައުމުގެ ކަލްޗަރަލް މިނިސްޓަރ ވަނީ އަނިޔާ ލިބުނު ކުއްޖާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ރަސްމީ ފަރާތްތަކާއި ހިއްސާ ކުރުމަށް އެދިފައެވެ. މިނިސްޓަރ ވަނީ މިކަމުގެ މައުލޫމާތުދޭ ފަރާތްތަކާއި އަނިޔާ ލިބުނު ކުއްޖާ އަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ފުލުހުން ބުނީ މިހާދިސާ ތަޙްޤީޤު މިމަހުގެ 18 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި ނަމަވެސް އަދި މިމައްސަލައިގައި ހިމެނޭ އެއްވެސް މީހަކު ފުލުހުންނަށް ދެނެގަނެވިފައި ނުވާކަމަށެވެ. އެހެންކަމުން އެމީހުން ދެނެގަނެ، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަތީޖާމާހިތިވާނެ!

    ނަތީޖާމާހިތިވާނެ!

    15
  2. ދަންޑަހެލު

    އަޖައިބެއް ނުވާނެ ހެއްޔެވެ؟ މުސްލިމަކަށް އަނިޔާއެއް ކޮށްފިއްޔާ ޔޫރަޕާ އެމެރިކާގެ މޮޅު ޓެކްނޮލޮޖީއަށްވެސް އެކަން އެންމެބޮޑުކޮށްވެސް ވަނީ ސަސްޕެކްޓެވެ... އަދި އެކަން ކުރި މީހުން ދެނަގަނެވޭ ގޮތެއް ނުވެސް ވެއެވެ. އަދި މީޑިޔާތަކަށް ޚަބަރުލިޔާމީހުންވެސް އެއީ ޓެރަރިސްޓް ހަމަލާއެއްކަމުގައި ލިޔަން ހަމަ ކުއްލިޔަކަށް ހަނދާންނެތޭ ގޮތްވެއެވެ. ނަމަވެސް މުސްލިމަކު އޭނައަށް އަނިޔާއެއް ލިބުމުން އޭގެ ބަދަލު ކާފަރެއް ނުވަތަ މުރުތައްދެއްގެ ކިބައިން ހިފާއިރަށް އެއީ ބޮޑު ޓެރަރިސްޓް ޢަމަލަކަށް ވެއެވެ. ގޮތްގޮތަށް ތަހުލީލުތައް ކުރަންފަށައެވެ. ނުުފުރޮޅާ އެއްމެ ގަލެއްވެސް ދޫކޮށްނުލައެވެ. ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރުވާލައެވެ. އުގެއިލްގެ މޮޅު އެޕްލިކޭޝަންތަކާއި ހުސްނުއްސުއޫދުގެ ކޮމިޝަންތައް އުފަންވެގެން ދެއެވެ.

    17
    3
  3. މަހުދީ

    ނާތަހުޒީބު

  4. ސޮނިފުހޭ

    ޖަޒިީރާ ވަންތަ ޔޫރަޕް