މަގުމަތިވެ ހާލުގައި ޖެހިފައިވާކަމަށް ބެލެވޭ މުސްކުޅި އަންހެނަކު ފެނިގެން މީހަކު ކުރި ޓްވީޓަކަށް މިހަފްތާގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއަންހެން މީހާގެ ފޮޓޯ އާއި އެކު މީހަކު ކުރި ޓްވީޓަށް ޖަވާބުދީ ޖެންޑާ މިނިސްޓްރީން ވެސް ވަނީ އޭނާ ހޯދަން ނިކުމެފައެވެ.

ނަމަވެސް ފޮޓޯއިން ފެނުނު މަންޒަރަށް ބަލާފައި އޭނާގެ ހާލަތާއި ބެހޭ ގޮތުން ގިނަ މީހުން ދެއްކި ވާހަކަތަކަކީ ހަޤީޤަތާއި ދުރު ވާހަކަތަކެއް ކަމަށް، މުސްކުޅި އަންހެން މީހާގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފިއެވެ.

އަންހެން މީހާގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް "ވީޓީވީ" ގެ ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) ކުރި ޓްވީޓެއްގައި ބުނީ ފޮޓޯ އިން ފެންނަ އަންހެން މީހާ އަކީ ވަރަށް ރަހުމަތްތެރި މީހެއް ކަމަށާއި މީގެ ކުރިން އަންހެން މީހާގެ ގެ ކައިރިން ބައދްލުވެފައިވާ ކަމަށެވެ.

"އަހަރެންނާއި އަހަރެންގެ ދައްތަ ގެ ކައިރިން ފެނިގެން ސަޔަކަށް ދައުވަތު ދިނުމުން އެދައްތަގެ އެޕާޓްމަންޓަށް އަހަރެމެން ދިޔައިން. އަހަރެމެންނަށް ވަރަށް މީރު ހުވަނދުމާ ސަޔާއި، ރަށުން ގެނެސްފައި ހުރި ހެދިކާ ވެސް ދިން." އަނާ ލިޔެފައިވެއެވެ.

އަނާ ބުނީ މުސްކުޅި ދައްތަ ދިރިއުޅެމުން އަންނަނީ އާއިލާ އާއި އެކުގައި ކަމަށާއި ފޮޓޯއިން ފެންނަ ތަނުގައި ދައްތަ އިނީ ސާފު ވައި ހޯދާލަން ކަމަށެވެ.

ފޮޓޯ ނަގައިގެން ދައުރު ކުރުމުގެ ބަދަލުގައި އެ ދައްތަ އާއި ވާހަކަދައްކާލި ނަމަ ކަންކަން ސާފުވާނެ ކަމަށް އަނާ ބުންޏެވެ.

މިފޮޓޯގެ ހަޤީޤަތް ނުބަލާ ޖެންޑާ މިނިސްޓްރީން ޓްވީޓް ކުރުމުން އެކަމާ ވެސް އަނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފޮޓޯ އެއް ނަގައި ސޯޝަލް މީޑިއާގައި ސާކިއުލޭޓް ކުރުމުން، ޕިއަރޕްރެޝަރ އަށް ބަލައި މިނިސްޓްރީތަކުންވެސް ޓްވީޓް ކުރާއިރު، ފުރަތަމަ އެއީ ހަގީގަތެއްތޯ ބަލާލުން މުހިންމު. އެ ދައްތަ އެތަނުގައި އިނީ ގެއްލިގެން/ގެއިން ފިލައިގެން ގޮސްތޯ؟ ނޫނީ އެއީ ދައްގަ އާދައެއްތޯ ބެލުން މުހިންމު ނޫންތޯ؟" އަނާގެ އިތުރު ޓްވީޓެއްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޟ

    ލޮލް އެއީމިހާރުގައުމު ތަރައްގީވިވަރު މުސްކުލިއަކު ނުނި ބަލިމީހަކު ތަނަކު މަޑުކޮއްލާއިރައް ފޮޓޯނަގާ މީސްމިޑިއާއައް ލާނި މިހާަގެ ހާލުނުބެލުނަސް ހަބޭސް

    60
    1
  2. ޕޮގުބާ

    ބިރުވެތިވެބަލަ ހެކިނުފޮރުވާ ސިކުނޑި ހަމަޖެހޭމީހަކު މާލެ މަގުމަތީގަ ދެކަކޫ ކޮޅަށްޖަހައިގެން ސަލާންޖަން އިންނާނެތަ؟ އަނާ

    15
    26
  3. ކަހަނބު ވިތްޓޯ ޓޯ

    ރަށްފުށުގެ ގިނަ މީހުންނަކިިީ އާއިލާދެކެ ވަރަށް ލޯބިވާ ބައެއް. ވަރަށް އަޅާލާބައެއް

    35
    1
  4. އަލިބެ

    ހަމަ ކަން ދައްކާލަން މިނިސްޓްރީ އިން އުޅެގަތީ. ސޯލްޝަލް މީޑިއާގަ ސަރުކާރުގެ ވަޒީރުން ކުރާނެ ކަމެއްނެތިގެން އުޅޭކަހަލަ!

    43
    3
  5. ޙައްވަ

    ސަރުކާރުން ޓުވީޓު ނުކުރިޔަސް ގޯސް، ކުރިޔަސް ގޯސް.

    37
    2
  6. ރޯނުއެދުރު

    ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ މައްޗައް ވެލާވެސް އެރި ނޫންތޯ! އެއީ އެސޮރުގެ ދިރިއުޅުމާއި ގުޅިފަހުރިތަނެއް، އެސޮރު މީގެކުރިން އަރަމުން އައިތަނެއްވީމާ ފަހުން އައި އިރު އަހަރެމެން މި ކިޔާ ތަރައްޤީ އޮތީ އެހާލަތު ބަދަލުކޮށްފަ. އެ ދައްތަވެސް އެތާނގަ އެއިނީ އެވެދާނެ އެ ދައްތަމެންގެ ރަންޒަމާނުގެ ހަދާންތަކާއި ގުޅުން ހުރި ހިސާބަކަށް. އެހެންވެސް އެތަނުގަ ހަމަޖެހިލައިގެން މަޑުކޮއްލީކަމަށް.

    33
    7
    • ލޮލް

      ވެލާ އެރީ މާފަރު އެއަރޕޯޓުގެ ރަންވޭ މައްޗަކަށް ނޫންތަ؟ ކުޅުދުއްފުށީ އެއަރޕޯޓުގަ ކުރިން ޖެއްސީ ދޫނި. މިހާރު މަތިންދާ ބޯޓު. .؟؟!

      36
      2
  7. ހަންބެ

    މި ސަރުކާރު ތެޅިގަންނާނެ ޓުއީޓެއް ކޮލާއިރަށް އެކަނި

    28
    4
  8. އަހްމަދު

    އެދައްތަ އެތާ އިންނަނީ ނުވަތަ ހުންނަނީ މަގުމަތިވެގެނެއްނޫން .އަހަރެންވެސް ވަރަށްގިނައިން އެމަގުންހިނގަން އެދައްތަ ދަންނަން. ހުންނަނީ ހަމަ ހިތްހަމަ ޖައްސާލާ ސާފުވައިޖައްސާލަން. މާގިނައިން އެތަނުގައި ހުންނާތީ އެކަން ވެގެންއުލޭގޮތެއްވެސް ބެލީން.

    50
    2