އިންޑިއާގެ ހިމާލިޔާ ގައިވާ ފެންފަނޑެއްގައި ގިނަ އަދަދެއްގެ އިންސާނުންގެ ކަށިތަކެއް ވާ ވާހަކަ އެހި ޒަމާން ތަކުގައި އެކި ގޮތަށް ދެކެވެއެވެ.

"ސްކެލެޓަން ލޭކް" ގެ ނަމުން ނަންދީފައިވާ މި ކޯރުގައި 100 އަށް ވުރެން ގިނަ އިންސާނުންގެ ކަށިތަށް ވާކަން ވަނީ ހޯދުން ތަކުން އެގިފައެވެ.

މީގެ ތެރެއިން ބައެއް ކަށިތަށް 200 އަށް ވުރެން އަހަރުވެފައިވާ ކަމަށް ޑީއެންއޭ ޓެސްޓުތަކުން ދައްކައެވެ. ބައެއް މީހުންގެ ކަށިތައް ހުޅަނގުގެ ބައެއް ހިސާބުތަކަށް ނިސްބަތް ވެއެވެ. އޭގެ ތެރޭގައި ގްރީސް ވެސް ހިމެނެއެވެ.

ތަޖުރިބާ ކާރުން ބުނާ ގޮތުގައި މިއީ ޒަމާނުންސުރެން ހިމާލެއާ ފަރުބަދަ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ހަށިތަކެވެ. ސަބަބަކީ މި ފެންގަނޑުގެ ކައިރީގައި ހިމާލެއާ ފަރުބަދަ ހުރުމުންނެވެ.

މިދިޔަ އަހަރު ވަނީ އުސް ފަރުބަދަތަކަށް އެރުމުގައި ދުނިޔެއަށް މަޝްހޫރު އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެލެކްސް ލޯވީއާއި، އޭނާގެ ކެމެރާމަން ޑޭވިޑް ބްރިޖަސް ގެއްލުނުތާ 16 އަހަރުފަހުން، އެމީހުންގެ މަރުވެފައިވާ ހަށިތައް ގަނޑުފެންތަކުން ފެނިފައެވެ.

ނޭޕާލާއި، ޗައިނާގެ ސަރަޙައްދީ އިން ޙިއްޞާކުރާ، ހިމާލިޔާ ފަރުބަދަތައް ހިމެނޭ ހިސާބަކީ، ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހުރި ސަރަޙައްދެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވެރެސްޓް ހިމެނޭގޮތުން، ހިމާލިޔާ ފަރުބަދަތަކަށް އަރާ ދުނިޔޭގެ ރެކޯޑްތައް ހެދުމަކީ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭ

    އެ ތަން ނަށް ދާހިތްވަނިީ

    5
    5