މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ދަރިފުޅު އާޗީ ބެލެހެއްޓުމަކީ ބައެއް މީހުންނަށް ލިބޭ ޝަރަފަކާއި ފަހުރެއް ކަމަށް އެމީހުން ދެކުނު ނަމަވެސް އެއީ ވަރަށް އުނދަގޫ، އެއްވެސް މީހަކު ހަރުނުލާ ވަޒީފާއަކަށް ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ތުއްތު އާޗީ ބަލަހައްޓަން މިހާރު ގެނެސްފައި ވަނީ ތިން ވަނަ މިހާއެވެ. ފާއިތުވެގެން ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އާޗީ ބެލެހެއްޓުމަކީ ކުރެވޭ ވަރު ކަމަކަށް ނުވެގެން ދެމީހަކު ވަނީ ވަޒީފާ ދޫކޮށްލާފައެވެ.

މޭގަން އާއި ހެރީ ވަނީ މިހަފްތާގައި ޗުއްޓީއަކަށް ޕްރާންސަށް ގޮސްފައެވެ. މިދަތުރުގައި އާޗީ އާއި އާޗީ ބެލެހެއްޓުމުގެ ޒިންމާ މިހާރު ހަވާލުވެފައިވާ މީހާ ވެސް ބައިވެރިވެއެވެ. މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިހާރު އާޗީ ބެލެހެއްޓުމުގެ ޒިންމާތައް އުފުލަމުން ގެންދަނީ ތުއްތު ކުދިން ބެލެހެއްޓުމުގެ އެއްވެސް ތަމްރީނެއް ހަދާފައިވާ މީހެއް ނޫނެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ މީޑިއާތަކަށް މައުލޫމާތު ދިން ޝާހީ އާއިލާގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި އަލަށް ގެނައި މުވައްޒަފު އާޗީ ބަލަހައްޓަމުންދާ ގޮތާއި މެދު މޭގަން އާއި ހެރީ ތިބީ ހިތްހަމަޖެހިގެންނެވެ.

އާޗީ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރި ދެމީހަކު މިހާތަނަށް ވަޒީފާ އިން ވަކިވެގެން ގޮސްފައި ވާއިރު މޭގަން ހެރީ އާއި ކައިވެނި ކުރި ފަހުން އެދެމަފިރިންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާތައް އުފުލަމުން ގެންދިޔަ ވަރަށް ގިނަ މުވައްޒަފުންތަކެއް އެކި ފަހަރުމަތިން ވަނީ ވަޒީފާ ދޫކޮށްލާފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ މުވައްޒަފުން ވަޒީފާ ދޫކޮށްލާފައި ވަނީ މޭގަން ކަންތައް ކުރާ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލް ނޫރު

    ސިދާތާ އަށް ޙަވާލު ކުރޭ...

    31
    1
  2. ސޮނިފުހޭއިސްކިން ޓޯޓޯ

    50000 ޔޫ.އެސް ޑީ މަށަށް ދީ މަ ބަލައިދީ ފާނަން .އެކުއްޖަާ އަށް ދޮން އަމައެއްވެސް ހޯދައިދިީފަނަން

    14
    1
  3. އަފީ

    ތިކަން ވާނީ ސިދާތާއަށް!

    22
    1