އަހަރެމެން އެންމެންނަކީވެސް ސްޓްރެސް ވާ ބައެކެވެ. ބައެއް މީހުން ވަރަށް ފުރިހަމަ ކަމާއި އެކު ސްޓްރެސް އާއި ޑީލް ކުރާ އިރުގައި އަނެއް ބަޔަކު ތިބެނީ ހަދާނެ ގޮތް ހުސްވެފައެވެ. ނަމަވެސް މިފަހަރު ދައްކަން މި އުޅެނީ އިންސާނުންނާއި ހިލާފަށް، ސްޓްރެސް އާއި ކުރިމަތިލުމަށް މޫދުގައި އުޅޭ މަހެއް ކަންތައް ކުރާ ގޮތުގެ ވާހަކައެވެ.
ބްލޫ ހެޑް ވްރަސް ކިޔާ މި މަހަކީ ޖިންސު ބަދަލު ކުރުމަށް މަޝްހޫރު ވެފައިވާ މަހެކެވެ. އެޓްލާންޓިކް ކަނޑުގައި ދިރިއުޅޭ މި މަސް އުޅޭނީ ބައިބަޔަށެވެ. ކޮންމެ ބައެއްގައިވެސް ހުންނާނީ އެއް ފިރިހެން މަހާއި ހުސް އަންހެން މަހެވެ. ނަމަވެސް، އެ ބައިގަނޑެއްގެ ތެރެއިން ފިރިހެން މަސް ގެއްލުމުން، އަންހެން މަހެއް ފިރިހެން އެއްޗަކަށް ބަދަލުވެ، ފިރިހެން އެތީގެ މަގާމު އެ ބައިގަނޑެއްގެ ތެރެއިން ނަގައެވެ.
ޔުނިވާސިޓީ އޮފް އޮޓާގޯ އިން ހެދި ދިރާސާ ތަކުން ދައްކާ ގޮތުން ކޮންމެ ބައި ގަނޑެއްގެވެސް އެންމެ ވަރުގަދަ އަންހެން މަސް ފިރިހެން މަހަކަށް ބަދަލުވަނީ އެ ބައިގަނޑުގައި އުޅޭ ފިރިހެން މަސް ދިއުމުން އެކަމާއި ސްޓްރެސް ވެގެންނެވެ. އެއީ އެ ބައިގަނޑުގެ އެންމެ ބޮޑު މަހުގެ ގޮތުން ދެން އެ ގްރޫޕުގެ އެންމެ ބޮޑު މީހަކަށް ވުމުގެ މަސްއޫލިއްޔަތު އެ މަހުގެ ބޮލުގައި އެޅޭތީއެވެ.
މި މަސް ފިރިހެން އެއްޗަކަށް ބަދަލުވާން ނަގަނީ މިނެޓު ކޮޅެއް ކަމުގައި ވާއިރު، އެ މަހުގެ ބިސް އާލާ ކުރާ ނިޒާމް 10 ދުވަސް ތެރޭ ނެތިގެން ދާނެއެވެ. މި މަހަށް ޖިންސު ބަދަލު ކުރެވެނީ އުމުރުގައި އެންމެ ފަހަރަކު ނަމަވެސް، އެކި ފަހަރު މަތިން ޖިންސު ބަދަލު ކުރާ މަސްތައްވެސް އުޅެއެވެ.
ހާދަ ސަޅި އެވެ
މާތްﷲ ގެ ކުޅަދުން ވަންތަކަން
ޢަސްލުވެސް ވަރަށް ސަޅި. މާޝާﷲ