ނެށުމަކީ އެތައް ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ. ބައެއް ފަރާތްތަށް ދެކޭގޮތުގައި ނެށުމަކީ މީހާގެ އެތެރޭގައި ފޮރުވިފައިވާ އިހުސާސްތައް ބޭރުކޮށްލުމަށް ވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އަދި އޭގެ އިތުރުން ހަށިގަނޑަށް ކަސްރަތު ލިބުމުގެ އިތުރުން މީހާގެ ސިކުނޑިއަށް ވެސް ނެށުމުގެ ސަބަބުން ލުއިކަމެއް ގެނުވައިދޭކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. އެގޮތުން ނެށުމާއި މީހުންގެ އުފާވެރިކަމާއި ސީދާ ގުޅުމެއް އޮންނަކަމަށް ބުނާ ދިރާސާތަކެއް ވެސް އެބަހުއްޓެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަށް ވަނީ 12 ހަފްތާގެ ދިގު ނެށުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިރުޝާދު ދެވިފައެވެ. 12 ހަފްތާ ފާއިތުވުމާއިއެކު ބެކް ޑިޕްރެޝަން ސްކޭލް ބޭނުންކޮށްގެން ނެށުމުގެ ޕްރޮގްރާމްގައި ބައިވެރިވި ބައިވެރިންގެ ޑިޕްރެޝަން މިންވަރު ބެލުމުން ވަނީ އެ މިންވަރު ނެށުމުގެ ޕްރޮގްރާމްގައި ބައިވެރިނުވާ މީހުންނަށްވުރެ ބައިވެރިވީ މީހުންގެ ދަށްކަމަށް ދައްކުވައިދީފައެވެ.

ނެށުމަކީ މީހާގެ ވިސްނުންވެސް ރަނގަޅުކޮށްދޭ ކަމެއްކަމަށް އެމެރިކާގެ މަޝްހޫރު ސްޓެންފޯޑް ޔުނިވާރސިޓީގެ ދިރާސާކުރާ ފަރާތެއްވެސް ވަނީ ހާމަކޮށްފައެވެ. ނެށުމުގެ ސަބަބުން މީހާގެ މަސަލް މެމޮރީ ވަރުގަދަކޮށްދޭއިރު ހަށިގަނޑުގެ އެކި ނިއުރަލް ސިސްޓަމްތަކުގެ ދެމެދުގައި ކުރެވޭ މުއާސަލާތްތައް އަވަސްވެ މީހާއަށް އަވަސް އަވަހަށް ކުރަންވީ ކަންކަން ނިންމުމަށްވެސް ނެށުމުގެ ސަބަބުން ފަސޭހަވެގެންދެއެވެ.

އެހެން ދެންނެވެނީ ނަށާވަގުތުގައި ސީދާ އެ މިއުޒިކްއަކާއި ގުޅޭ ސްޓެޕްއެއް އެ މިއުޒިކްގެ އަޑު އިވޭއިރަށް ނަށަން މީހާއަށް ފަރިތަވެގެންދާތީއެވެ. އޭގެ އިތުރުންވެސް ނެށުމުގެ ސަބަބުން މީހާގެ ހަދާންގަދަވެ ޑިމެންޝިޔާ ނަމަކަށްކިޔާ ނުރައްކާތެރި ބަލީގެ އެކި ބާވަތްތަކުންވެސް މީހާ ދުރުކޮށްދޭކަމަށް ބައެއް ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޯ

    އާން ރަނގަޅު، އެހެންވެގެންތާ ހާޓް އެޓޭކް ލިސްޓް ގެ އެންމެ ކުރީސަފުގަ މިޔުޒިކު ކުޅޭ މީހުން ގިނަޢީ....

  2. އަލިބެއްޔާ

    ދެބައި އުމުރުގެ އަންހެން ވެރިން ކޮންމެ ރެޔަކު އެމް.ޑީ.ޕީ ހަރުގެ ކައިރީ ހޭ ނެތިގެން ވެއްޓެންދެން ނަށަނީ.. ޑިޕްރެޝަންގެ އަސަރެއް އެއިން އެކަނިވެރި މައެއްގެ ނުހުންނާނެކަން ޔަގީން..

    • ހައިރާން

      ތީހަމަ ތެދެއް