ޖަގަން ޝަކްތީ ޑައިރެކްޓު ކުރި ފިލްމު “މިޝަން މަންގަލް” ރިކޯޑް ހަދަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މިމަހު 15 ވަނަ ދުވަހު ނެރުނު އެފިލްމު ނެރުނު ފުރަތަމަ ދުވަހު ވެސް އެފިލްމަށް 40 ކަރޯރު ރުޕީސް ލިބުނު އިރު ފިލްމު އެޅުވިތާ ހަތަރު ވަނަ ދުވަހު އެފިލްމަށް ވަނީ 90 ކަރޯރު ރުޕޯސްއަށް ވުރެ ގިނައިން ލިބިފައެވެ.
ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު ފިލްމުގެ ވާހަކައަށާއި ކާސްޓުންގެ އެކްޓިންއަށް ވަނީ ތައުރީފުކޮށްފައެވެ.
އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހެދި ފިލްމު "މިޝަން މަންގަލް" ވަނީ ރިލީޒް ކުރި ދުވަހު ލީކް ކޮށްލާފައެވެ.
ލީކް ކުރި ޑައައުންލޯޑިންގެ ފެންވަރު ދަށް ނަމަވެސް މިޝަން މަންގަލް އާއި އެކު ބައެއް އެހެން ފިލްމުތަކެއްވެސް ވަނީ ލީކް ކޮށްލާފައެވެ.
"މިޝަން މަންގަލް" އަކީ އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ޖައްވީ ފިލްމެކެވެ. މިއީ އިންޑިއާގެ އަންހެން ސައިންސްޓިންތުންތަކެއް ވަރަށް ބޮޑު ހިއްސާއަކާ އެކު ކުރިއަށް ގެންދާ މަޝޫރޫއެކެވެ.
މިމަހު 15 ގައި ރިލީޒް ކުރި މި ފިލްމުގެ ކާސްޓުންނަކީ އަކްޝޭ، ވިދިޔާ ބަލަން، ޝަރުމަން ޖޯޝީ، ސޮނާކްޝީ ސިންހާ، ސަންޖޭ ކަޕޫރު، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ އަދި ސައުތުން ބޮލީވުޑަށް ތައާރަފުވާ ނިތިޔާ މެނެން އެވެ.