އިންގްލޭންޑްގައި ކޯރެއްގެ ތެރެއަށް ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 6 އަހަރުގެ ލޫކަސް ޑޮބްސަންގެ މަރުވެފައިވާ ހަށިގަނޑު އެ ކޯރުން ފެނިއްޖެއެވެ.

ލޫކަސް ގެއްލިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ބައްޕައާއި، ބައްޕަގެ ރައްޓެހިންނާއި ކުދިނާއި އެކީ މަސްދަތުރެއްގައި ދާން ޖެޓީ މަތީ ހުރެފައި ބޯޓަށް އަރަން އުޅުނު ވަގުތުގައެވެ. އޭނާ ވެއްޓުން ގަޑިއަކީ އޮއިވަރު ބާރު ގަޑިއެކެވެ. އަދި އޭނާ ވެއްޓުން ގަޑީ ސަލާމަތް ކުރަން 3 މީހަކު ވަނީ ފުންމާލާފައެވެ. އެހެން ނަމަވެސް އޮއެވަރު ބާރު ކަމުން ސަލާމަތް ނުކުރެވި ވަނީ ގެއްލިފައެވެ.

ކެންޓްގެ ފުލުހަކު ވިދާޅުވީ ލޫކަސްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެ ހަށިގަނޑަކީ ލޫކަސްގެ ހަށިގަނޑު ކަމަށް ޔަގީން ކުރެވިފަކަމަށެވެ.

އޭނާ ބުނެފައިވަނީ ލޫކަސް ހޯދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިކަމުގެ އަތްތަށް ފޮރު ކޮށްދިން އެންމެހާ އިދާރާތަކަށާއި އެންމެހާ އާންމުންގެ ފަރުދުންނަށް ޝުކުރު ދަންނަވާ ކަމުގައެވެ. އަދި އެ ދަނޑިވަޅުގަން ލޫކަސްގެ އާއިލާގެ ބޭފުޅުންނަށް ކެއްތެރިވުމަށްވެސް ވަނީ އެދިފައެވެ.

ލޫކަސް ހޯދުމުގެ މަސައްކަތުގައި 100 ކަމާއިބެހޭ އިދާރާގެ މުއައްޒަފުންނާއި އިސްނަގައިގެން އެ މަސައްކަތުގައި 200 ވަރަކަށް މީހުން ވަނީ ހަރަކާތްތެރި ވެފައެވެ.

މީގެ އިތުރުން އެ ކޯރުގެ ފެންގަނޑު ހަމައަކަށް އަޅުވަން ކޯރުން ބޯޓު ފަހަރާއި ދޯނި ފަހަރު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    ވަރަށް ލޯބިން ގެންގުޅޭ ކުއްޖެއްހެން ހީވޭ