ވަރުގަދައަށް ގުގުރިދަމާ މީހަކު ހަނދާނުގައި އެބަހުރި ހެއްޔެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގުގުރި ދަމާ މީހަކާ ވާނީ ދިމާވެފައެވެ. ރޭގަނޑުގެ ނިދި ނުލިބި، އުނދަގޫވާ ވަރަށްވެސް ބައެއް މީހުން ގުގުރި ދަމާފައި ހުންނާނެއެވެ.

މިފަހަރު މިއޮތީ އިނގިރޭސިވިލާތުގައި ގުގުރި ދަމާ މީހުންނަށް މަޝްހޫރުވުމަށް ހާއްސަ ފުރުސަތެކެވެ. ގުގުރި ދަމާ މީހުންނަށް ހާއްސަ ޝޯއެއް ތައްޔާރު ކުރަމުންދާއިރު، އެ ޝޯގެ ޝޫޓިން ފެށުމަށް ޓީވީ ޗެނަލުން ދަނީ މީހުން ހޯދަމުންނެވެ. ސެޕްޓެންބަރު މަހުގައި އޮންނަ ޝޯގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. ހާއްސަކޮށް މީހުން ހޯދަނީ އިނދެގެން އުޅޭ މީހުންނަށް ބަލައިގެންނެވެ. އެއީ އޭރުން އަނބިމީހާ ނުވަތަ ފިރިމީހާއަށްވާ އުނދަގޫ ޝޯގައި ދެއްކޭނެތީއެވެ،

ފަޔާ ކްރެކާސް ފިލްމް ކިޔާ ޕްރޮޑަކްޝަންއަކުން އުފައްދާ ޝޯގެ ފަރާތުން ބުނެފައި ވަނީ ބޭނުން ވަނީ އެންމެ ބާރަށް ގުގުރި ދަމާ މީހުން ކަމަށާއި، އެއީ މީގެ ކުރިން ގުގުރި ދަމާ މީހެއް ނަމަވެސް ރަނގަޅު ކަމަށެވެ. އަދި ޝޯގައި ކަން ހިނގާނެ ގޮތް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ގުގުރި ދެމުމަކީ ބައެއް ފަހަރު ބައްޔެއް ކަމަށްވެސް ބައެއް މީހުން ބުނާއިރު، ނިދުމުގެ ހާއްސަ ޑޮކްޓަރުންނަށް ދައްކާ އެކަމަށް ފަރުވާ ކުރާ މީހުންވެސް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަންގޯތިސޮރު

    މަގޭ ފިރިބެ