ފިރިމީހާ ޒުވާބު ނުކުރާތީ އޭނާގެ ގާތުން ވަރިވާން އެދި ޔޫއޭއީ އަންހެނަކު ކޯޓަށް ހިނގައްޖެއެވެ.

އެ އަންހެން މީހާ ކޯޓަށް މައްސަަލަ ހުށަހަޅާފައި ވަނީ ފިރރިމީހާ އޭނާާއާ ޒުވާބު ނުކުރާތީ އެކަމާއި ކަންބޮޑުވެގެންނެވެ.

"އޭނާ އަހަންނާއި ޒުވާބެއް ނުކުރޭ، ދެރަވާ ކަމެއްވެސް ނުކުރޭ". އޭ ކޯޓުގައި ބުންޏެވެ.

އެ އަންހެން މިހާ ބުނީ، ފިރިމީހާ އޭނާ ދެކެވެ ވަރަށް ލޯބިވާ ކަމަށާއި، އެކަން އޭނާއަށް އެހެން ކަމަށެވެ. އަދި އޭނާ އެވަަރަށް ލޯބިވާތީ ގޭގެ ކަންތައްތައްވެސް އޭނާ ލައްވާ ނުކުރާ ކަމަށް ބުނެފައި އެވެ.

"އަހަރެން ގޭގެ މަސައްކަތް ކުރަންވެސް ޖެހެނީ އޭނާގެ ހުއްދަ ހޯދާއިގެން، އޭނާ ބައެއް ފަހަރު އަހަންނަށް ކައްކާވެސް ހަދާ. އަދި އަހަންނަށް އޭނާ ވަރަށް ރަނގަޅު"، އެ އަންހެން މީހާ ކޯޓުގައި ބުންޏެވެ.

އިތުރަށް އެ އަންހެން މީހާ ބުނިިގޮތުގައި، އެ ދެމީހުންގެ ކައިވެނީގެ މައްސަލަތަކެއް ނޫޅޭއިރު، އޭނާއަށް ކަމު ނުދަނީ ފިރިމީހާ އޭނާއަށް މާ ރަނގަޅު ވަމުންނެވެ. އަދި އޭނާ ފިރިމީހާއާ ޒުވާބު ކުރަން ބޭނުންވާއިރު، އެކަމަކީވެސް ނުވާ ކަމެއް ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.

"އަހަންނަށް އޭނާއާ ޒުވާބު ކުރަން އުޅޭއިރަށް އަހަންނަށް މައާފްކޮށް އަހަންނަށް ހަދިޔާ ދެނީ"

އޭނާގެ ފިރިމީހާ ބުނީ، އޭނާ ގޯސްކޮށް ކުރީ ކޮން ކަމެއް ކަން ނޭގޭ ކަމަށެވެ. އަދި އަބަދުވެސް ބޭނުންވަނީ ރަނގަޅު ފިރިއަކަށް ވުމަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ މައްސަލަ ކޯޓުން ނެގުމަށް އެދޭ ކަމަށް އެ ފިރިހެން މީހާ ވަނީ ބުނެފައެވެ.

އެ މައްސަލަަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދެ މީހުންނަށް ވަނީ ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަކުރުބެ

    މި އަންހެނުންނަށް ހެޔޮގޮތެއް ނެތެއްނު! ރަގަޅުވިޔަސް ކަމަކުނުދޭ ! އަނިޔާކުރިއަސް ކަމަކުނުދޭ !

    31
    3
  2. ހޫ

    ތީއޭނު ފިރިންނަކީ. ކޮންކަހަލަ އަންހެނެއްތަމީ.

    42
    1
  3. ނަބާ

    އަހަރެންވެސް ތިކަހަލަ ފިރިޔެކޭ ބޭނުން ވެގެން މިއުޅެނީ ‘ އެކަމަކު މިރާއްޖޭގަ ނޫޅޭނެ ތިކަހަލަ ރަނގަޅު އަނބިމީހާ ދެކެ ލޯބިވާ ފިރިން ، ފިރިން ލޯބިވަނީ ވަގު “ ބިޓުން” ދެކެ ޖަނާއި މާލާއި، ފުރާނަ ވެސް ދީފާނެ ، އަނބިމީހާ އަށް ނުދޭނެ އެއްވެސް އެއްޗެއް ދޭނީ “ އަނިޔާ” އެއީ ފިރިންގެ ފަރާތުން ލިބޭ ހަދިޔާ އަކީ !!

    21
    8
  4. ސޮނިފުހޭ

    އަޅެ އެސޮރު މަށަށްލިބޭނެނަމަ

    19
  5. ނަމަ

    ހޭބުއްދި ފިލާގޮސްފަ ހުރި އަންހެނަކީބާ

    23
  6. ލުލް

    ???