މަޝްހޫރު ކޮމެޑިއަންއެއްކަމަށް ސިދާތް ސަގަރްއަށް އޭނާގެ އާއިލާއިން ކުރަމުންދިޔަ އަނިޔާގެ ތަފްސީލް ޕްރެސް ކޮންފަރެންސްއެއް މެދުވެރިކޮށް އާއްމުންނަށް ކިޔައިދީފިއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، ސިދާތްއަށް އަނިޔާދެމުން ދިޔައީ އޭނާގެ މަންމައެވެ. މަންމައަށް އެހާބޮޑު ބަދަލެއް އައިސްފައި ވަނީ ފަހުން ކައިވެނި ކުރި މީހެއްގެ ސަބަބުންކަމަށް ވެސް ސިދާތް ވަނީ ބުނެފައެވެ. ސިދާތްއަކީ މީގެ ދުވަސްކޮޅެއް ކުރިން ގެއްލިގެން ހޯދި ތަރިއެކެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ އާއްމުންނާއި ހަމައަށް ކަމުގެ ހުރިހާ ހަގީގަތެއް ކިޔާދީފައެވެ.

ސިދާތް ބުނީ، އޭނާ ފިލައިގެން އުޅުނީ އާއިލާގެ ސަބަބުން ކަމަށެވެ. އާއިލާއިން އޭނާއަށް ކުރާ އަނިޔާގެ ސަބަބުން ކަމަށެވެ. އެ އަނިޔާތަކުގެ ތަފްސީލް ހާމަ ކުރަމުން ސިދާތް ބުނީ، އޭނާ ވަރަށް ބޮޑަށް ޑިޕްރެޝަންގައި އުޅެން ޖެހުނު ވާހަކަ އާއިލާއަށް އެންގުމުން އެ މީހުން ދޭން ފެށި ބައިޕޯލާ ބައްޔަށް ދޭ ބޭސް ކަމަށެވެ.

"މަންމަ އެހެން ބުނުމުން އަހަންނަށް ލިބުނީ ހައިރާންކަމެއް. އަހަރެންގެ ހަށިގަނޑުގައި ބައިޕޯލާގެ އެއްވެސް އަސަރެއް ނެތް. މަންމަމެން އެ ބޭސްތައް ދީފައި ވަނީ ކާތަކެއްޗަށް އަޅައި މިކްސްކޮށްގެން. އަހަންނަށް އެެއިރު އެނގޭ އަހަރެންގެ ސަބަބުން މަންމައަށް އުނދަގޫވާކަންވެސް" ސިދާތް ކިޔާދިނެވެ.

އަދި އޭގެ ފަހުން ސިކުނޑީގެ އުނިކަމެއް ހުންނަ މީހުންގެ މަރުކަޒަކަށް ވެސް އޭނާ ގެންދިޔަ ކަމަށާއި، އެތަނުންވެސް އޭނާ އަށް ލިބުނީ އަނިޔާކަމަށް އޭނާ ބުންޏެވެ. އެހެނެް ނަމަވެސް އެތަނުން ދޭ ފަރުވާ އަގުބޮޑުވެގެން އޭނާގެ މަންމަ އޭނާ ބަދަލުކުރީ އެެހެން ތާކަށެވެ.

އިތުރަށް އޭނާ ބުނީ، އެހުރިހާ ކަމަކަށް ފަހު އޭނާއާ ދިމާވަނީ އޭނާއަށް އަޅާލާ ވަރުގެ އާއިލާއެއް ކަމަށެވެ. އެ އާއިލާއިން އޭނާގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭކަމަށް އޭނާ ބުންޏެވެ.

އޭނާ މިހާރު ވަނީ އެނބުރި މަސައްކަތަށްވެސް ނުކުމެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު