ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ގިނަ ފަހަރަށް ފެނިގެންދާ މަންޒަރަކީ އަބަދުވެސް ކޮންމެވެސް މައްސަލަ އެއް ހޫނުވެ، ޒުވާބު ކުރާ ތަނެވެ. ނަމަވެސް، ނިއު ޒިލޭންޑުގެ ގާނުނު ހަދާ މަޖިލީހުން އިއްޔެ ފެނުނު މަންޒަރާއި އެކު ރާއްޖޭގެ މެމްބަރުންވެސް މިވަނީ ފިލާވަޅެއް ދަސްކުރަން ޖެހިފައެވެ.

ޓަމަޓީ ކޮފޭ އަކީ ނިއު ޒިލޭންޑުގެ ވައިއަރަކީ ދާއިރާ ތަމްސީލް ކުރާ މެމްބަރެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހަށް އޭނާ ހާޒިރުވީ ދާދި ފަހުން އޭނާ އަށް ލިބުނު ތުއްތު ދަރިފުޅު ގޮވައިގެންނެވެ. އަދި މި ކުއްޖާ ބެލުމުގައި އެހީތެރިވެފައި ވަނީ އެ ދުވަހު ރިޔާސަތުގައި އިން މަޖިލީހުގެ ރައީސްކަން ފާހަގަ ކޮށްލެވެއެވެ. ރައީސް ވަނީ މެމްބަރުން ބަހުސް ކުރިއަށް ގެންދިޔަ ގަޑީގައި އެ ކުއްޖާ ނަގައި އޭނާ އަށް ބުއްފުޅިން ކިރު ދީ އެ ކުއްޖާ ރަނގަޅަށް ބަލާފައެވެ. މި ހުރިހާ ކަމެއްވެސް ކުރީ ރިޔާސަތުގައި އިނދެގެން މެމްބަރުންނާއި ވެސް ވާހަކަ ދައްކަމުންނެވެ.

ޓަމަޓީ އޭނާގެ ދަރިފުޅާއި އެކު މަޖިލިސް ތެރޭގައި

މި ހާދިޘާ އަށް ފަހު އެ ދުވަހު ރިޔާސަތުގައި އިން ޓްރެވާ މަލާޑް ކޮށްފައިވާ ޓްވީޓްގައު ބުނެފައި ވަނީ އާއްމުކޮށް އެ ގޮނޑީގައި ތިބެނީ ރިޔާސަތު ބަލަހައްޓާ ބޭފުޅުން ކަމަށާއި ނަމަވެސް، އިއްޔެ އޭނަ އާއި އެކު އެ ގޮނޑީގައި ވީއައިޕީ އެއްވެސް އިން ކަމަށެވެ. އަދި އޭނާ ވަނީ އެ ދަރިފުޅުގެ ބައްޕަ ޓަމަޓީ އަށް ކުއްޖަކު ލިބުމުން އެކަމަށް މަރުހަބާ ވެސް ކިޔައިފައެވެ.

މި ހަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމުން މިސާލެއް ނެގުމަށް އެ މީހުންގެ އަމިއްލަ ގައުމުގެ މެމްބަރުންނަށް ގޮވާލަމުންނެވެ. މިކަމުން ދައްކުވައިދެނީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުގައި ހުރި ނަމަވެސް، ދަރިން ބަލަން ޖެހޭނޭ ކަމާއި އެއީ ހަޑި ކަމެއް ނޫން ކަމެވެ.