ބަނޑުގައި ރިއްސާތީ ތައިލެންޑްގެ ހޮސްޕިޓަލަކަށް ދިޔަ އަންހެނެއްގެ ބަނޑުން ގާތްގަނޑަކަށް 2000 ހިލަކޮޅު ނަގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުުމުރުން 60 އަހަރުގެ އެ އަންހެން މީހާ ހޮސްޕިޓަލަށް ދައްކާފައި ވަނީ މި މަހުގެ ކުރީކޮޅުއެެވެ. އޭނާ އުޅުނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އާއި ފާހަނަ ނުކުރެވިގެންނެވެ.

އެންމެ ފަހުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އޭނާގެ ބަނޑުގެ ސްކޭންއެއް ހެދިއެވެ. އަދި ބަނޑުގައި ބައިވަރު ހިލަ އުފެދިފައި ހުރި ކަން ޑޮކްޓަރުންނަށް ވަނީ އެނގިފައެވެ. އެއާއެކު ޑޮކްޓަރުން އޭނާގެ އޮޕަރޭޝަނެއް ކުރަން ނިންމިއެވެ.

ތަަބޯ ކްރައުން ޕްރިންސް ހޮސްޕިޓަލުން އޭނާގެ އޮޕަރޭޝަންކޮށްފައި ވަނީ އިއްޔެ ވަގުތެއްގައެވެ.

ނަން ހާމަކޮށްފައިނުވާ އެ މީހާގެ އޮޕަރޭޝަން ކުރުމުގެ ކުރިން އޭނާގެ ފިތް (ގޯލް ބްލެޑާ) އިން ފެނުނީ ކިހާ ހިލަކޮޅުކަމެއް ނޭނގޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް އޭނާގެ އޮޕަރޭޝަން ކުރުމަށްފަހު ބަނޑުން 2000 އާއި ކައިރި ކުރާ އަދަކަށް ހިލަކޮޅު ފެނުމުން ޑޮކްޓަރުންނަށްވެސް ލިބުނީ ބޮޑު ހައިރާން ކަމެއް ކަަމަށް ވެއެވެ.

އޭނާގެ އޮޕަރޭޝަން ކުރުމަށް 40 ވަރަކަށް މިނިޓް ނެގިއެވެ. އޭގެ ފަހުން އެ ހިލަކޮޅުތައް ގުނުމަށްވެސް އިރުތަކެއް ނެގިއެވެ. އެ ހޮސްޕިޓަލުން ބުނާގޮތުގައި، އެ މީހާގެ ބަނޑުން 1898 ހިލަކޮޅު ވަނީ ނަގާފައެވެ. އެއީ އެކި ސައިޒްގެ ހިލަކޮޅު ތަކެކެވެ.

1987 ވަނަ އަހަރުގެ ތެރޭގައި އަންހެނެއްގެ ބަނޑުން 23530 ހިލަކޮޅު ނަގާފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.